April 24, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޕީޕީއެމް

އާންމު ކަމެއްގެ ގޮތަށް މި އެނގެނީ ސަރުކާރުގެ ތިބި ވެރިންގެ ކޮރަޕްޝަން މައްސަލަތައް: ރައީސް ޔާމީން

Hussain Nawaf
ހުސައިން ނަވާފް
Jan 30, 2025, 06:43 PM
މާލެ ސިޓީ

ރާއްޖޭގައި އާންމު ކަމެއްގެ ގޮތަށް މި އެނގެނީ ސަރުކާރުގެ ހުރިހާ ފެންވަރެއްގައި ތިބި ވެރިންގެ ކޮރަޕްޝަން މައްސަލަތައްކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފްެ)ގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ ތެރެއިން ހިންގާ ކޮރަޕްޝަންގެ އަމަލުތައްދަނީ ތަހުގީގު ނުކުރެވިކަމަށް ވިދާޅުވެ ރައީސް ޔާމީންވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެކަމާއި ގުޅިގެން ފުލުހުންނަށް އެމަނިކުފާނުވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރާއްޖޭގައި އާންމު ކަމެއްގެ ގޮތަށް މި އެނގެނީ މުއިއްޒުގެ ސަރުކާރުގެ ހުރިހާ ފެންވަރެއްގެ ވެރިން، ކުންފުނިތަކުގެ ވެރިންގެ ކޮރަޕްޝަން މައްސަލަތައް. އެއީ އަލިފުން ޔާޔަ އަށް ފުލުހުންނަށް ބެލޭނެ މައްސަލަތައް. އަދި އޭސީސީ އޮތް ތާގަ އޮތަސް.

ރައީސް ޔާމީން

ރައީސް ޔާމީންވަނީ ރާއްޖޭގެ ހުރިހާ އިދާރާއެއްގައި މިހާރު އޮތީ ކޮރަޕްޝަން ކަމަށާއި އަދި ރައީސް ޑރ މުހައްމަދު މުއިއްޒު ކޮރަޕްޝަނާއި ދެކޮޅުނަމަ މިއިން ކޮންމެ މީހަކަށް ހުންނަން ވާނީ ފިޔަވަޅުއެޅިފައި ކަމަށާއި އެމީހުންގެ މައްޗަށް ފިޔަވަޅު ނޭޅި ތަހުގީގު ނުހިންގާ އެތިބެނީ މިކަމުގެ ތަހުގީގު ފެށުމުން ރައީސް މުއިއްޒުގެ ނަން ވެސް އަންނާތީ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved