އިބްރާހިމް ފައިސަލް އޭނާގެ ބައްޕަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްއާ އެކު / ޓްވިޓަރ
ސިޔާސީ
ފައިސަލްގެ ދިރިއުޅުމުގެ ހާލަތު ދަށްވެއްޖެ ކަމަށްބުނެ، މިސްރާބު ރަށާ ދިމާއަށް!
02 ފެބްރުއަރީ 2025
މާލެ ސިޓީ

ޓުއަރިޒަމް މިނިސްޓަރުކަމުން އިބްރާހިމު ފައިސަލް ވަކިކުރިތާ ގިނަ ދުވަސްތަކެއް ނުވެ އޭނާ ދިރިއުޅުން އުފަން ރަށް، ލ. ފޮނަދޫއަށް ބަދަލުކުރަން އުޅޭކަން ފައިސަލް ހާމަކޮށްފިއެވެ.

އޮންލައިން ނޫސް "ދެން"އަށް ފައިސަލް ދެއްވި އިންޓަރވިއު އެއްގައި ވިދާޅުވެފައިވަނީ މިވަގުތު ވިސްނުން މިހުރީ ރަށަށް (ލ. ފޮނަދުއަށް) ދިރިއުޅުން ބަދަލުކުރަން ކަމަށެވެ. ސަބަބެއްކަމުގައި ވިދާޅުވެފައިވަނީ އޭނާ މަގާމުން ވަކިކުރިއިރު ފަސް މަހުގެ ތުއްތު ދަރިފުޅަކު އޮތުމާ އޭގެ ސަބަބުން ދިރިއުޅުމަށް ކުރަންވަން ހޭދަ އިތުރުވެ މާލޭގައި ފިރިއުޅެވޭ ވަރަށް ވުރެ މާލީ ހާލަތު ދަށްވުމެވެ.

ފައިސަލް ވިދާޅުވީ، ރަށަށް ދިރިއުޅުން ބަދަލުކުރި ނަމަވެސް ސިޔާސީ ކަންކަމުގައި މެދުނުކެނޑި އުޅޭނެ ކަމަށެވެ. ނަމަވެސް މިވަގުތު ހުރީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ނޫން ކަން އޭނާ ޔަގީންކޮށްދީފައިވެއެވެ. އެގޮތުން ކުރިން ހުރީ ޕީޕީއެމްގެ ސެނެޓު މެމްބަރެއްގެ ގޮތުގައި ނަމަވެސް އެ ޕާޓީ އުވާލުމުން އެއްވެސް ޕާޓީއަކަށް ސޮއިކޮށްފައި ނުވާނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލްގެ މާލީ ހާލަތު ދަށްވެ ދިރިއުޅުން ރަށަށް ބަދަލުކުރުމަށް ނިންމާފައިވާކަން އޭނާ ހާމަކުރެއްވިއިރު ޓޫރިޒަމްއަށް އައްޔަންކުރެއްވުމާ ހަމައަށްވެސް ފައިސަލް ދިރިއުޅުއްވަމުން ގެންދެވީ ރަށުގައެވެ. ފައިސަލް މަގާމުން ވަކިކޮށްފައިވަނީ ވަރަސް ކުއްލި ގޮތަކަށެވެ. އަދި ވަކިކުރި ސަބަބެއްވެސް ސަރުކާރުން އޭނާއަށްވެސް ބަޔާންކޮށްދީފައިނުވެއެވެ.

ފައިސަލް ވަކިކުރުމާ ގުޅިގެން ސަރުކާރާ އޭނާގެ ބައްޕަ އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމާ ދެމެދު ނުތަނަވަސްކަން އުފެދި، އަބްދުއްރަހީމް ސަރުކާރާ ދެކޮޅަށް މަަސައްކަތް ކުރައްވާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved