ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
އަބްދުއްރަހީމާއި ފައިސަލަށް ހަމްދަރުދީއެއް ނެތް: ރައީސް ޔާމީން
Hussain Nawaf
ހުސައިން ނަވާފް
01 ފެބްރުއަރީ 2025

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ދަރިކަލުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލަށް އެއްވެސް ހަމްދަރުދީއެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ރައީސް ޑރ މުހައްމަދު މުއިއްޒާއި އަބްދުއްރަހީމާއި ދެމެދު ޖެހިގެން އުޅެނީ ސަރުކާރުން ކުރާ ވައްކަންތައް ބައި އެޅުމުގެ މައްސަލައެއްކަމަށް ރައީސް ޔާމީންވަނީ ތުހުމަތު ކުރައްވާފައެވެ. އަދި އެއީ އެގްރީމެންޓެއްގެ މައްސަލައެއް ނޫން ކަމާއި އެއީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއްގެ ގޮތުގައި ރައީސް ޔާމީންވަނީ ސިފަ ކުރައްވާފައެވެ.

އަޅުގަނޑުގެ ހަމްދަރުދީއެއް ފައިސަލް ވަކިވުމަކުން، އަބްދުއްރަހީމް ގޭގައި އިނުމަކުން އަޅުގަނޑުގެ ހަމްދަރުދީއެއް ނެތް. އެއީ ކޮންމެ ބަޔަކުވެސް ކުރާ ކަންކަމުގައި އަޖަލު އެމީހަކާ ބައްދަލުކުރާނެ. މިއޮށް ހުރިހާ ދުވަހު އެއްކޮން ގުޅިގެން ވައްކަން ކުރަމުން، ބައި އަޅަމުން ދިޔައީ، މިހާރު ބައި އެޅުން މަދު ވީމަ ގޯސް ވެގެން މިއުޅެނީ.

- ރައީސް ޔާމީން

ރައީސް ޔާމީންވަނީ ރާއްޖޭގެ ހުރިހާ އިދާރާއެއްގައި މިހާރު އޮތީ ކޮރަޕްޝަން ކަމަށާއި އަދި ރައީސް ޑރ މުހައްމަދު މުއިއްޒު ކޮރަޕްޝަނާއި ދެކޮޅުނަމަ އެފަދަ ކަންކަމާއި ހުންނަންވާނީ ފިޔަވަޅުއެޅިފައި ކަމަށާއި އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްޗަށް ފިޔަވަޅު ނޭޅި ތަހުގީގު ނުހިންގާ އެތިބެނީ މިކަމުގެ ތަހުގީގު ފެށުމުން ރައީސް މުއިއްޒުގެ ނަން ވެސް އަންނާތީ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved