ޓޫރިޒަމް މިނިސްޓަރ މަގާމްގައި ހުންނެވި ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުއްރަހީމް ޢަބްދުﷲގެ ދަރިކަލުން އިބްރާހީމް ފައިސަލް ވަޒީރު ކަމުގެ މަގާމުން ވަކިކުރައްވާފައި ވަނީ ގައުމަށް ޣާއްދާރުވުމުގެ ކުށުގައި ކަމަށް އިންޑިއާގެ ސިޔާސީ މައިދާނުގައި އޑު ގަދަވެއްޖެއެވެ.
އިންޑިއާގެ ސިޔާސީ ބައެއް ފަރާތްތަކާ ހަވާލާދީ ބައެއް މޑީިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަބްދުއްރަހީމުއަށް މި މުއާމަލާތް އިންޑިޔާއާ އެކު ކުރުމަށް އެހީވެދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެެވެ.
ނޫސްތަުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއެގްރީމެންޓް އިންޑިއާއަށް "ވިއްކާލައިގެން" އަބުދުއްރަހީމްގެ ދެބަފައިން އެތައް މިލިއަން ޑޮލަރެއް ރިސްވަތުގެ ގޮތުގައި ހޯއްދާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމާއި ގުޅޭ ފުރިހަމަ މައުލޫމާތު ރާއްޖޭގެ ޖާސޫސީ އިދާރާތަކުންވަނީ ރައީސް ޑރ މުހައްމަދު މުއިއްޒާ ހިއްސާކޮށްފައެވެ.
ރައީސް މުއިއްޒަށް ޖާސޫސީ އިދާރާތަކުން އަރުވާފައިވާ މައުލޫމާތުގެ ތެރޭގައި އެ ޖަރީމާ ހިންގުމަށް ފަހު އަބުދުއްރަހީމްގެ ދެބައިންނަށް އެތައް މިލިއަން ޑޮލަރު ލިބިފައިވާކަމުގެ މައުލޫމާތު ވެސް ހިމެނެއެވެ.
އިންޑިއާގެ ނޫސްތަކުން ވެސް މިހާރު ވަނީ މިކަމުގެ މައުލޫމާތު ރިޕޯޓް ކުރަން ފަށާފައެވެ. އެގޮތުން އަބުދުއްރަހީމްގެ ދެބަފައިންގެ މި އަމަލުގެ ސަބަބުން އިންޑިއާ، ރާއްޖެއާ މެދު ކަތި ނަޒަރަކުން ބަލަމުންދާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ރައީސް ޑރ. މުއިއްޒު ކުއްލި ގޮތަކަށް ފައިސަލް މަގާމުން ވަކި ކުރުމާއެކު އެންމެ ފުރަަތަމަ ކުރެއްވި އެކްސް ޕޯސްޓުން ވެސް ވާގި އެދިފައި ވަނީ ރައީސް ނަޝީދުގެ ހިތްވަރުގެ ބަސްތަކުންކަން ފާހަގަ ކުރެވެއެވެ.
މިފަދަ ކަމެއް ފެންމަތިވެފައިވާއިރު މިހާރު ޗައިނާގެ އެފްޓީއޭއާ ގުޅިގެން އިންޑިއާ އިން ރާއްޖެއަށް ދިނުމަށް ކުރިން މަޝްވަރާކޮށްފައިވާ އެހީތައް ދިނުމާ މެދު ވެސް އެ ގައުމުން ދެވަނަ ވިސްނުމެއް ގެންގުޅޭ ކަމަށް ވަނީ އަޑު ފެތުރިފައެވެ.
އަބްދުއްރަހީމާ ފައިސަލަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާއިރު، ފައިސަލް ވަކިކުރުމަށް ފަހު އަބްދުއްރަހީމުވެސް މަޖިލިސް ރައީސްކަމުން ވަކިކުރުމުގެ މަޝްވަރާތައް ފެށިކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.