March 22, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އަދުރޭއާ މުއިއްޒު ދެ ގަނޑުވަރު ދޭތެރޭގައި ފިތިބާރުވެގެން އުޅެނީ ފައިސާކޮޅެއް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 10, 2025, 09:23 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމު އަބްދުﷲއާ ރައީސް ޑރ މުހައްމަދު މުއިއްޒާ ދެމެދު ޖެހިގެން އުޅޭ މައްސަަލައަކީ ފައިސާއިން ބައި އެޅުމުގެ މައްސަަލަކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފުން އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާ ވައްކަން އިތުރުވެ ރައްޔިތުންނަށް އޮޅުވާލަމމުން ވެރިން ގެންދާ ދިއުމަށް ނަޒަރު ހިންގަވާލައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ހާސިލްކުރައްވަން ބޭނުންފުޅުވާކަމެއް އޮތް ނަމަ ކޮންމެ ގޮތެއް ހައްދަވާފައިވެސް އެކަމެއް ހާސިލްކުރައްވާނެ ކަމަށެވެ. އެގޮތުން ކިތަންމެ ފައިސާއެއް ޚަރަދުކުރައްވައިގެން ވެސް އެކަމެއް ހާސިލްވަނިކޮށް ރައީސް މުއިއްޒަށް ނިމުނީ ކަމަށާ ރައްޔިތުންނަކީ ރައީސް މުއިއްޒަށް މުހިއްމު ބައެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ ބަޔާނުގައި، ރާއްޖޭގެ ސިޔާދަތަސް ލޮޅުން އަރާނެކަމެއް ނުކުރައްވަނަމޭ ރައީސް މުއިއްޒު ވިދާޅުވއިރު ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ސިޔާދަތަށް އަރުވާފައި ހުރި ލޮޅުންތައް ކަމުގައިވާ އިންޑިއާ ސިފައިން ބޭތިއްބުމާ ކަނޑު ވިއްކާލި މައްސަލައިގައި އެއްވެސް ކަމެއް އެ ސަރުކާރުގެ ވެރިން ޖަވާބުދާރީ ކުރުވަން ރައީސް މުއިއްޒު ނުކުރައްވާ ކަމަށާ ރައްޔިތުން ބޭނުންވަނީ ތަފްސީލު ހާމަކުރުމަށް ކަމަށް ވެސް ރައީސް ޔާމީން ފާހަގަކުރެެއްވިއެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ ކަންކަން ވަންހަނާ ކުރަމުން ކަމަށާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް އެކަމުގެ ތަފްސީލު ނުދެއްވޭއިރު ރައީސް މުއިއްޒާ މަޖިލިސް ރައީސްއާ ދެމެދު ވެސް ޖެހިގެން އުޅެނީ ފައިސާއާ ގުޅުން ހުރި މުއަމަލާތްތަކުގެ ތަފްސީލު ބަދަލުނުކުރެވުމުގެ މައްސަލަކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުންވެސް ކިތަންމެ ވަރަކަށް އަޑު އައްސަވާ ތަފްސީލުތަކެއް ދެއްވަން އުޅުނުނަމަވެސް އަޅުގަޑުމެންނަށް މިނޫންކަމެއް ނުފެނޭ. ދިވެހިރާއްޖޭގައި ދައްކާ ވާހަކަ ދިމާނުވާ ކޮރަޕްޝަނާ މަކަރު ހެދުމާ ޖެހުނު ތާކުން ޖެހުނު ވަރަކަށް ޖެހުު މީހަކު ލާރި ނެގުމާ މިނޫންކަމެއް ނެތް. އަންދުއްރަހީމެން ފައިސަލްމެން މުއިއްޒުމެމްނާ ޖެހިގެން ދެ ގަނޑުވަރު ދޭތެރޭގައި ފިތިބާރުވެގެން އުޅެނީ ފައިސާކޮޅެއް އިނގެޓޯ. ބައިއެޅުމުގެ މައްސަލަތަކެއް މިއުޅެނީ

ރައީސް ޔާމީން

ރައީސް ޔާމީން ވިދާުވީ އެމްޑީޕީ ވިއްޔާ އެމީހުންގެ ކިބައިން އެކްސޕްޓުކުރަންވާ ކަންކަން އެނގޭނެ ކަމަށާ ނަމަވެސް ރައީސް މުއިއްޒަކީ ޕީޕީއެމް/ޕީއެންސީގެ މުޑުވަކުން އައި ބޭފުޅަކަށްވުމުން އެ މަނިކުފާނުގެ ކިބައިން މަކަރާ ހީލަތް އެކްސެޕް ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved