March 15, 2026
Advertisement
ރައީސް މުއިއްޒުގެ އެސްޓޯނިއާ ދަތުރުފުޅުގެ ތެރެއިން
ރައީސް މުއިއްޒުގެ އެސްޓޯނިއާ ދަތުރުފުޅުގެ ތެރެއިން / ސޯޝަލް މީޑިއާ

ދައުލަތުގެ ޚަރަދުތައް އިންތިހާއަށް، އެސްޓޮނިއާގެ ދަތުރަށް އެކަނި 1.3 މިލިއަން ރުފިޔާ!

Mariyam Isaadha
މަރިޔަމް އިސާދާ
Feb 3, 2025, 12:29 AM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރަށް ދައުލަތުގެ ބަޖެޓުން 1.3 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

Advertisement

ޖަނަވަރީ 13، 2025 އިން ޖަނަވަރީ 17، 2025 އަށް ރައީސް މުއިއްޒު، އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ މުހިންމު މަޢުލޫމާތާއި، ދަތުރުފުޅުގެ ޚަރަދު ހާމަކޮށް ރައީސް އޮފީހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، މި ދަތުރަށް ދިވެހި ސަރުކާރުން 1،371،069.18 (އެއް މިލިއަން ތިން ލައްކަ ހަތްދިހަ އެއްހާސް ފަސްދޮޅަށް ނުވަ ރުފިޔާ / އަށާރަ ލާރި) ވަނީ ހޭދަކޮށްފައިވެއެވެ.

ނަމަވެސް، ފައިސާ ޚަރަދުވީ ކޮން ކަންކަމަކަށްކަން ހާމަކޮށްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ރައީސް މުއިއްޒުގެ ދަތުރުފުޅުތަކުގެ ޚަރަދުތައް ހާމަކުރާއިރު އެ ޚަރަދުތަކުގެ ތަފުސީލު ވެސް ހާމަކުރެއެވެ. އެކަމަކު، އެސްޓޯނިއާ ދަތުރުފުޅާ ގުޅިގެން ހަމައެކަނި ރައީސް އޮފީހުން ހާމަކުރީ ދަތުރުފުޅަށް ޖުމުލަ ޚަރަދުވި އަދަދެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved