

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ހަލާކުކޮށް ނެތިކޮށްލަމުން ދަނީ އެމަނިކުފާނުގެ ވެރިކަމުގެ ކޮއިލުގެ ތެރޭގައި ތިއްބެވި ބޭފުޅުން ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ޑިވެލޮޕްމަންޓު ބޭންކް އުފައްދާ އެތައް ދުވަހެއް ވެގެން ދިޔައިރުވެސް ރައްޔިތުންނަށް ކިދުމަތް ނުދެވޭތީ އެކަމާ ގުޅިގެން ނުރުހުނަ ފާޅުކުރައްވާ މަލީހު ވަނީ އެކްސްގައި ޕޯސްޓުކުރައްވާފައެވެ.
މަލީހުގެ އެކްސް ޕޯސްޓުގައި ވަނީ ދައުރުގައި ބާކީ ހަތަރު އަހަރުވެސް ނެތް އިރު މިވަރުން ގައުމު ހިންގޭނެކަމާ މެދު ސުވާލު އުފައްދަވާފައެވެ.
މަލީހު ވިދާޅުވީ ރައީސް މުއިއްޒު އަރިސް ބޭފުޅުންގެ ގޮތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދުއާ ފިޝަރީޒު މިނިސްޓަރު އަހުމަދު ޝިޔާމް މެން ފަދަ ބޭބޭފުޅުން ގެންގުޅުއްވަމުން ގެންދަވާއިރު އެ ބޮޑު ކުރެވެނީ ވިހަ ގަދަ ހަރުފަތަކެއް ކަމަށެވެ.
Muizz mivarun miken eba veythoa? Dhauruga baakee 4 aharu nethey. Manikufaanah engen vaanethaa Bunkering Saeedh adhi Gassan aai Shiyam. Geytherey thiya gengulhe bodu kuranee harufa thakeh. Manikufaanuge sarukaaru kharaabu thikuranee Manikufaanuge ethere koilun. #BunkeringMinister pic.twitter.com/5kJPV8VYYi
— Mohamed Maleeh Jamal (@maleehjamal) February 4, 2025
މަލީހު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރު ޚަރާބުކުރަމުން ދަނީ ޚުދު އެމަނިކުފާނުގެ ސަރުކާރުގެ އެތެރެ ކޮއިލުން ކަމަށެވެ.