March 20, 2026
Advertisement
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ސަހްޔޫނީ ޕާސްޕޯޓު މަނާ ނުކޮށް ގާޒާގައި ކުރިއަށް ގެންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި މެދު އަބްދުއްރަހީމް ކަންބޮޑުވުން ފާޅު ކުރައްވައިފި

Hussain Nawaf
ހުސައިން ނަވާފް
Apr 9, 2025, 01:10 AM

ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރަން އެތައް ބަހަނާތަކެއް ދެއްކުމަށްފަހު ގާޒާގައި ސަހްޔޫނީން ކުރިއަށް ގެންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Advertisement

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ އިންޓަރ ޕާލަމެންޓްރީ ޔޫނިއަން ގެ ނޮން އެލައިންޑް މޫވްމަންޓް (އެންއޭއެމް) ޕާލަމެންޓްރީ ނެޓްވޯކްގެ 4 ވަނަ ކޮންފަރެންސްގައި ދެއްވި ތަގުރީރުގެ ތެރެއިންނެވެ.

އެގޮތުން ސަހްޔޫނީންގެ އަނިޔާވެރިކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށްވެސް އަބްދުއްރަހީމް ގޮވާލެއްވިއެވެ. މީގެ އިތުރުން މަޖިލިސް މެންބަރުންގެ ހައިސިއްޔަތުން ގާޒާގައި ހިންގާ ނަސްލުހޭދު ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ނަމޫނާ ދައްކަންޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ނަމަވެސް ސަހްޔޫނީންގެ ޕާސްޕޯޓު މަނާ ކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ލަސް ކުރާތީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހޯމަ ދުވަހު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނިންމިކަން ފާހަގަ ކުރެވެއެވެ.

ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ސަހްޔޫނީ ޕާސްޕޯޓް މަނާކުރުން އަވަސްނުކޮށް ލަސް ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމުންދަނީ ފާޑު ކިޔަމުންކަން ފާހަގަކޮށްލެވެ އެވެ. އަދި ސަރުކާރުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރާނެ ކަމަށް ބުނެ ޖެއްސީ ސްޓަންްޓެއް ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެ އެވެ.

އެގޮތުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރިކަމަށް ދައުލަތުުން ބުނެ ދޮގު ހެދި ފަހުން މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ސަހްޔޫނީންގެ 2000 އާއި ގާތް ކުރާ މީހުން ރާއްޖެ އެތެރެވިކަން މީގެ ކުރިން ހާމަވެފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved