ސަހްޔޫނީ އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން / އޭއެފްޕީ
ދުނިޔެ
ސަހްޔޫނީންގެ ހަމަލާތަކުގައި ފަލަސްތީނުގެ 38 މީހަކު ޝަހީދުވެއްޖެ!
Hussain Nawaf
ހުސައިން ނަވާފް
04 ފެބްރުއަރީ 2025
ޣައްޒާ

ސަހްޔޫނީން ޖެނިންގައި އާއި ޖެނިން ކައިރީގައި އޮންނަ ރެފިއުޖީ ކޭމްޕްގައި އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަކޮށްފައިވާއިރު، އެ ހަމަލާ ފެށުނު ފަހުން ފަލަސްތީނުގެ 38 މީހަކު ޝަހީދުވިއިރު، ގެދޮރާއި އިންފްރާސްޓްރަކްޗާ ވެސް ވަނީ ފުޅާދާއިރާއެއްގައި ހަލާކުވެފައެވެ.

ސަހްޔޫނީ ސިފައިން ޑްރޯން ބޭނުންކޮށްގެން ކޭމްޕަށް ދިން ބޮމުގެ ހަމަލާގައި އާންމުންގެ ގެދޮރު ގޮއްވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.

އަދި ފަލަސްތީނުގެ ވެހިކަލްތަކުގެ ފަހަތުން ދުއްވުން އިތުރުކޮށް، ފުޅާދާއިރާއެއްގައި ބަލައިފާސްކޮށް، އައިޑީ ޗެކްކޮށް، ރެފިއުޖީ ކޭމްޕް ވަށާލައި، ކޭމްޕް ވަށައިގެންވާ ސަރަހައްދުން މުޅިން އެކަހެރި ކުރުމުގެ މަސައްކަތުގައި ވެސް ސަހްޔޫނީން ވަނީ ފަށާފަ އެވެ.

ރަސްމީ ރިޕޯޓްތަކުން ދައްކާ ގޮތުގައި ފަލަސްތީނުގެ 3،420 އާއިލާ ވަނީ ލިބުނު ގެއްލުންތަކުގެ ސަބަބުން ގެދޮރު ދޫކޮށްލާފައެވެ. އަދި ސަހްޔޫނީން މިހާރު ހިނގަމުންދާ ތަޅާލުމާއި ބުލްޑޯޒް ކުރުމުގެ އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ ގެއާއި މަގުތައް ވަނީ ހަލާކުވެފައެވެ.

ސަހްޔޫނީ ސިފައިން ޒަޚަމްވި މީހުންނަށް އެހީތެރިވުމަށް އެމްބިއުލާންސްތައް ވަނުމަށް ހުރަސް އެޅުމުގެ ސަބަބުން އިތުރު ގެއްލުންތަކެއް ވެދާނެކަމުގެ ބިރު އޮތްކަމަށް ޖެނިންގެ ކަމާބެހޭ ފަރާތްތަކުންދަނީ ބުނަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved