theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް މުއިއްޒުގެ އެންގުމަށް އަދުރޭގެ ކެބިންގެ ތަޅު ވަނީ ބަދަލުކޮށްފައި / އެޑިޝަން.އެމްވީ
ހަބަރު
އަދުރޭގެ ކެބިންގެ ތަޅު ބަދަލުކޮށް ޕާޓީ އޮފީހުން އެއްފަރާތްކޮށްފި
04 ފެބްރުއަރީ 2025
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި އަބްދުއްރަހީމަށް ޚާއްސަކޮށް އެ ޕާޓީގެ އޮފީހުގައި ގާއިމުކޮށްފައި ހުރި ކެބިންގެ ތަޅު ބަދަލުކޮށް އޭނާއަށް އެ ކެބިން ބޭނުން ނުކުރެވޭ ގޮތް ހަދާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން "ތޭރަ އޮންލައިން"އަށް މައުލޫމާތު ދީފައިވަ ގޮތުގައި މ. ސީޓްރެކް ބިލްޑިންގައި ހުންނަ ޕީއެންސީ އޮފީހުގައި މީގެ ކުރިން އަދުރޭއަށް ޚާއްސަކޮށް ކޮޓަރިއެއް ގާއިމުކޮށްފައި ހުރި ނަމަވެސް ދާދި ފަހުން ރައީސް މުހައްމަދު މުއިއްޒުގެ އެންގެވެމުށް އެ ކޮޓަރީގެ ތަޅު ބަދަލުކޮށް އަދުރޭއަށް އެ ކޮޓަރިއަށް އެކްސެސް ނުވެވޭ ގޮތް ވަނީ ހަދާފައެވެ.

ވެރިކަންކުރާ ޕީއެންސީގެ ހިންގުމުގެ މަސައްކަތުން ޗެއާޕާސަން އަދުރޭ އެކަހެރިކޮށް، އޭނާގެ މަޝްވަރާ ހޯދުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުއްޓާލައްވާކަމުގެ އަޑުތަކެއްވެސް މީގެ ކުރިން ގަދަވެގެން ދިޔައެވެ. އެވާހަކަ ތިލަވީ އަދުރޭގެ ދަރި ފައިސަލް ޓުރިޒަމް މިނިސްޓަރުކަމުން ވަިކުރުމާ ގުޅިގެންނެވެ.

ފައިސަލް ވަކިކުރި މައްސަލައިގައި އަދުރޭ ވަނީ ދެ ރައީސުންގެ ގުޅުން ރަގަޅު ނޫންކަން ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އެގޮތުން އެގުޅުން ރަގަޅު ނަމަ ފައިސަލް ކުރި ކުރުމުގައި ވެސް މަޝްވަރާއެއް ރައީސް މުއިއްޒު ކުރައްވާނެކަމަށް އަދުރޭ ހާމަކޮށްފައިވެއެވެ.

ޕީއެންސީގެ އޮފީހުގައި ހުރި އަދުރޭގެ ކެބިންގެ ތަޅު ބަދަލުކޮށް ޕާޓީއިން މުޅިން އެއް ފަރާތްކޮށްފައިވާއިރު އަދުރޭއާ ގާތް ގުޅުން އޮންނަ ގިނަ ބަޔަކު ސަރުކާރު މަގާމުތަކުން ވެސް ދަނީ ވަކިކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Haasinjee
04 ފެބްރުއަރީ 2025, 23:47
Thalheh noon adhirey es nagaa ellaalaagen noon gothakah mi sarukaarakah hamajehey nulibeyne
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved