އައިޖީއެމް ހޮސްޕިޓަލް / ސޯޝަލް މީޑިއާ
ހަބަރު
އައިޖީއެމްއެޗް ކައިރިން މީހަކަށް ހަމަލާދީފި، ކުށުގައި ބައިވެރިވީ ރައީސް މުއިއްޒު މައާފް ދެއްވީ މީހެއް!
05 ފެބްރުއަރީ 2025
މާލެ ސިޓީ

މާލޭގައި މަރުތޭލަކުން ޖަހައި މީހަކަށް ރޭގެ ވަގުތެއްގައި ހަމަލާދީފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ކަނބާ އައިސާ ރަނި ހިނގުމުގެ އައިޖީއެމްއެޗް ކައިރީގައި ހުރި މީހަކަށް ސައިކަލަކުން އައި ދެމީހަކު ހަމަލާ ދީފައިވާ ކަމަށާ އަނިޔާ ލިބުނު މީހާއަށް ފަރުވާ ދެމުން ގެންދާ ކަމަށެވެ.

މި ހަމަލާ ދިން ވަގުތު އެކަން ހުއްޓުވަން މަސައްކަތްކުރި ފުލުހަކަށްވެސް ވަނީ އަނިޔާވެފައެވެ.

ބައެއް މީޑހަމަލާ ދިން މީހުންގެ ތެރެއިން އެކަކަކީ އަހުމަދު ނަބީލް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ކުރިން ޖަލު ހުކުމެއްގައި ހުރި މީހަކަށްވާއިރު ޖަލު ހުކުމެއްގައި ހުރީ މީހަކަށް ވަޅިން ހަމަލާދިން މައްސަލައެއް ސާބިތުވެގެންނެވެ.

ވަޅިން ހަމަލާދިން މައްސަލައިގައި ކްރިމިނަލް ކޯޓުން ނަބީލަށް ކުރި ހުކުމުން އެނގޭ ގޮތުގައި އޭނާ ހަތް އަހަރަށް ޖަލަށް ލާން ހުކުމް ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެ ހުކުމާ މި ދޭތެރޭގައި އަދި ފަސް މަސް ދުވަސް ވެސް ނުވާއިރު، އޭނާ މިނިވަންވީ ސީދާ ކޮން ތާރީހެއްގައި ކަމެއް ނޭނގެ އެވެ.

ނަބީލަކީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ ދަށުން އަަދަބު ލުއިކޮށްދޭން އެދި ހުށަހެޅޭ މުއްދަތަކަށް ހުކުމް ތަންފީޒުކޮށްފައިވާ މީހެއް ނޫނެވެ. އޭނާގެ ޖަލު ހުކުމަށް މާފު ލިބޭނެ ހަމައެކަނި ގޮތަކީ މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސްއަށް ލިބިލައްވާ ހާއްސަ ބާރުގެ ދަށުންނެވެ.

މި ގާނޫނުގައި އޮންނަ ގޮތުން ކުށުގެ ބާވަތުން އެހެން މީހަކަށް ގެއްލުން ލިބިފައިވާނަމަ، އެ ގެއްލުން ލިބުނު މީހާއަށް މައްސަލައިގެ މައުލޫމާތު ހިއްސާކުރަން ވެސް ލާޒިމެވެ. ނަމަވެސް ކްލެމެންސީ ބޯޑުން މި އިޖުރާއަތު ފުރިހަމަކުރި ކަމެއް ސާފެއް ނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved