March 23, 2026
Advertisement
ޕީއެންއެފް އަދާހަމަ
ޕީއެންއެފް އަދާހަމަ / ތޭރަ އޮންލައިން

ރައީސް ޔާމީންގެ އަތްޕުޅުން ޕީޕީއެމް އަތެއް ނުލެވޭނެ: އަނީސާ

Fathmath Reem
ފާތުމަތު ރީމް
Feb 11, 2024, 05:28 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުން ޕީޕީއެމް އަތެއް ނުލެވޭނެ ކަމަށް ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝެނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ އަނީސާ ވިދާޅުވެއްޖެއެވެ.

Advertisement

އަނީސާ މިފަދައިން ވިދާޅުވެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ޗެނަލް13 އިން ގެނެސްދިން ޕީއެންއެފް އަދާހަމައިގައި ވާހަކަދައްކަވަމުންނެވެ.

އަނީސާ ވިދާޅުވީ ހަގީގަތުގައި ރައީސް ޔާމީން އަތްޕުޅުން ޕީޕީއެމް އަތެއް ނުލެވޭނެ ކަމަށާއި އެއީ ކޯޓު މަރުހަލާއިން ރައީސް ޔާމީނަށް ލިބިފައިވާ ޕާޓީ އެއް ކަމަށެވެ.

މީގެ އިތުރުން އަނީސާ ވިދާޅުވީ ރައީސް ޔާމީން ޕީޕީއެމް ދޫކޮށް ދިޔައީ ރައީސް ޔާމީން ހެޔޮފުޅުކަމުން އެބޭފުޅުންނާ މައްސަލަ ނުޖެހެން ކަމަށެވެ.

ހަގީގަތުގައި ރައީސް ޔާމީން އަތްޕުޅުން ޕީޕީއެމް އަތުލައެއްވެސް ނުލެވޭނެ. އެއީ ކޮންމެ ގޮތެއް ވިޔަސް ކޯޓު މަރުހަލާއިންވެސް ރައީސް ޔާމީން އަށް ލިބިފަ އޮތް ޕާޓީއެއް. ރައީސް ޔާމީންގެ ހެޔޮފުޅު ކަމުން އެމީހުންނާ މައްސަލައެއް ނުޖެހެން ވެގެން ރައީސް ޔާމީން ހިތްހަމަ ޖެހިވަޑައި ނުގެންނެވީމަ، އުނދަގޫ ތަކެއް ހުރީމަ ރައީސް ޔާމީން ގިނިކަންޔާ ޕާޓީ އެއް އުފައްދަވަން ނިންމެވީ.

އަނީސާ

މީގެ އިތުރުން އަނީސާ ވިދާޅުވީ މިގައުމުއި މިއަދު ރައީސް ޔާމީން ވެރުގެ ގާބިލް، ކެރޭ، ކުޅަދާނެ ދެވަނަ ލީޑަރު ނެތް ކަމަށެވެ. އަދި މި ގައުމުގެ ރައްޔިތުންނަށާއި ގައުމަށް އިހުލާސްތެރި ވެރިއަކު ރައީސް ޔާމީން ނޫނީ ނުފެންނަ ކަމަށެވެ.

އެމަނިކުފާނު މި ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވި ހެޔޮ ކަންތަކާ، ރައްޔިތުންނަށް ލިބުނު އާމްދަނީ ފެންނަށް އެބަހުރި ކަމަށް ވެސް އަނީސާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved