February 27, 2026
Advertisement
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ.
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. / ރައްޔިތުންގެ މަޖިލިސް

މަނާކޮށްފައިނުވާ ކޮންމެކަމެއް ކުރުމުގެ ހައްގު ރައްޔިތުންނަށް ލިބިގެންވޭ: އަލީ ހުސެއިން

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Feb 11, 2025, 04:38 AM
މާލެ ސިޓީ

މަނާކޮށްފައިނުވާ ކޮންމެކަމެއް ކުރުމުގެ ހައްގު ރައްޔިތުންނަށް ލިބިގެންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

Advertisement

އަލީ މިހެން ވިދާޅުވީ ގާނޫނާއި ގަވާއިދުތަކުން ލާޒިމް ކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ތަންތަނުގައި ހެލްމެޓް އަޅައިގެން އުޅޭ މީހުން ހުއްޓުވާނެ ކަމަށް ފުލުހުން ރޭ ބުނުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެވެ.

ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް ނިންމާފައިވަނީ ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓު އަޅައިގެން އުޅޭކަމަށް އެ ހިދުމަތަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ.

އެ ފިޔަވަޅު އަޅަން ބުނިގޮތުގައި، ހެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމް ނޫން ސަރަހައްދުތަކުގައި، ކާކުކަން "ވަންހަނާކޮށް" ކުށްތަކަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭ ކަން މިހާރަކަށް އައިސް ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.

ހެލްމެޓު އެޅުމަކީ ކުށެއް ނޫން. ހެލްމެޓުއަޅަން ނުޖެހޭ ސަރަހައްދުތަކުގައިވެސް ހެލްމެޓު އެޅުމަކީ ކުށަކަށް ނުވާއިރު މަނާކޮށްފައިނުވާ ކޮންމެކަމެއް ކުރުމުގެ ހައްގު ރައްޔިތުންނަށް ލިބިގެންވޭ.

އަލީ ހުސެއިން

ކުށް ކުރުން ފުލުހުންނަށް ނުހުއްޓުވުމަކީ އެހެން ބައެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރާ ކަމެއް މަނާ ކުރެވޭނެ ސަބަބެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ފުލުހުންގެ ނިންމުމަށް ފާޑުކިޔަމުންނެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމު ކުރުމުގެ ގޮތުން ވެސް ހެލްމެޓު އެޅުން މަނައެއް ނުކުރެވޭނެ އެވެ.

ހެލްމެޓު އެޅުން މަޖުބޫރު ނޫން މަގުތަކުގައި ހެލްމެޓު އެޅުމަކީ ގާނޫނުއަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭ ހައްގެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved