May 3, 2026
Advertisement
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ތާވަލް ނުކޮށް 3 މަހާ ގާތް ވެއްޖެ

Fathmath Reem
ފާތުމަތު ރީމް
Feb 11, 2024, 06:34 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ އިސްތިއުނާފް މައްސަލަ ތާވާލު ނުކޮށް 3 މަހާ ގާތް ވެއްޖެއެވެ.

Advertisement

އެންމެ ފަހުން ހައި ކޯޓުގައި ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެން އަޑުއެހުން ތާވަލް ކޮށްފައިވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަދާ ހަމައަށް 2 މަހާ 21 ދުވަސް ފާއިތުވެފައިވާއިރު އަދި ވެސް އަޑުއެހުން ތާވަލް ކޮށްފައެއް ނުވެއެވެ.

އިސްތިއުނާފް މައްސަލައިގެ އަޑުއެހުން ތާވަލް ކުރެވޭނެ ދުވަހެއް ހޯދާލުމަށް ޗެނަލް 13 ގެ ފަރާތުން ހައިކޯޓަށް ގުޅާލުމުން އެބޭފުޅުން ވިދާޅުވީ ތާވަލް ކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށެވެ.

އިސްތިއުނާފް މައްސަލަ ތާވަލަ ނުކުރެވި ލަސްތަކެއް ވާތީ މީގެ ކުރިން ރައީސް ޔާމީންގެ ގާނޫނީ ޓީމާއި އަދި އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ހައިކޯޓަށްވެސް ވަޑައިގެން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ރައީސް ޔާމީން ގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އިސްތިއުނާފަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ލުމަށްފަހު އަޑު އެހުންތައް ކުރިއަށް ގެންގޮސް މިހާރު ވަނީ ހުކުމަކާ ހިސާބަށް އައިސްފައެވެ.

ރައީސް ޔާމީން ނުހައްގުން ޖަލު ހުކުމެއްގައި ހުންނަތާ މިއަދަށް މިވަނީ 1183 ދުވަސް ފާއިތުވެގެން ގޮސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved