ޒަކިއްޔާގެ މަރާ ގުޅިގެން ތައްޔާރުކުރާ ޑޮކިއުންމެންޓްރީ މާދަމާރޭ އޮން އެއަރ ކުރަނީ / ތޭރަގްރެފިކްސް
ހަބަރު
ޒަކިއްޔާގެ މަރާ ގުޅޭ ގޮތުން ތައްޔާރުކުރާ ޑޮކިއުމަންޓްރީ މާދަމާ ރޭ އޮން އެއާރ ކުރަނީ!
Mariyam Isaadha
މަރިޔަމް އިސާދާ
13 ފެބްރުއަރީ 2025
މާލެ ސިޓީ

ނ. ހޮޅުދޫގައި ނިޔާވެފައިވާ އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ މަރާ ގުޅިގެން މީޑިޔާ ރިންގް ޕްރައިވެޓު ލިމިޓެޑްގެ ދަށުން ހިންގާ "ޗެނަލް 13" އިން ތައްޔާރު ކުރާ ޑޮކިއުމަންޓްރީ މާދަމާ ރޭ އޮން އެއާރ ކުރަން ނިންމާފައިވާ ކަމަށް އެ ޓީވީ ސްޓޭޝަން އިން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން "ތޭރަ އޮންލައިން"އަށް މައުލޫމާތު ހިއްސާކުރައްވަމުން "ޗެނަލް 13"ގެ ސީއީއޯ އިސްމާއިލް ސޮފްވާން ވިދާޅުވީ، ޒަކިއްޔާގެ މަރާ ގުޅިގެން ޑޮކިއުމަންޓްރީއެއް ގެނެސްދޭން އެ ޓީވީ ސްޓޭޝަނުން ގަސްތުކުރީ ރަށުގެ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެ މަރާ ގުޅިގެން ހުރުމުން ކަމަށާ އަދި އެއީ އަމިއްލައަށް މަރުވުމުގެ ހާދިސާއެއް ކަމަށް ގަބޫލުވެސް ނުކުރެވޭތީއާ އެކު ކަމަށެވެ.

ޑޮކިއުމަންޓްރީގައި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިމަނާފައިވާއިރު ރަށަށް ދަތުރުކުރި އެ ސްޓޭޝަންގެ ޓީމަށް ފާހގަކުރެވުނު ކަންކަމަށްވެސް އަލި އަޅުވާލާފައިވާނެ ކަމަށްވެސް ސޮފްވާން މައުލޫމާތު ދެއްވާފައިވެއެވެ.

"ޒަކިއްޔާ/ވީ ކިހިނެއް" ޑޮކިއުމަންޓްރީ އޮން އެއާރ ކުރުމަށް ނިންމާފައިވަނީ 14 ފެބްރުއަރީ 2025 ވާ ހުކުރު ދުވަހުގރޭ 8:00ގައި ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved