March 23, 2026
Advertisement
ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ
ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ / ރާއްޖެ އޮންލައިން

ރައީސް ޔާމީންގެ ތަފާތު ހިސާބު ޖެއްސެވުމެއް, ހާމަކޮށްެދެއްވީ ޖުޑީޝީއަރީއާ މެދު އިތުބާރު ނެތް މިންވަރު!

Hussain Nawaf
ހުސައިން ނަވާފް
Feb 16, 2025, 10:49 PM

ރާއްޖޭގައި މިއަދު ޕޯލްއެއް ނެގިއަސް 10 މީހުންގެ ތެރެއިން 15 މީހުން އަދުލު އިންސާފުގެ ނިޒާމަށް އިތުބާރު ނުކުރާކަން ހާމަވެގެންދާނެކަމަށް ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ރައީސް ޔާމީންވަނީ ގިނަ ކަންބޮޑުވުން ތަކެއް ފާޅު ކުރައްވާފައެވެ. އެގޮތުން މިއަދު ރާއްޖޭގެ ކަންކަން ދަނީ ގޯހުން ގޯހަށްކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ކަންކަން ހިނގަމުން ދަނީ ޕީޕީއެމް ޕީއެންސީގެ މެނިފެސްޓޯ އާ އެއްގޮތަށް ނޫންކަމަށް ވެސް ވިދާޅުވެފައެވެ.

އެގޮތުން އާންމު ގޮތެއްގައި ބުނަނީ 10 މީހުން ތެރެއިން 9 މީހުން ގަބޫލު ކުރާނެ ކަމާއި ނަމަވެސް މިކަމުގައި މިއަދު ޕޯލްއެއް ނެގިއަސް 10 މީހުންގެ ތެރެއިން 15 މީހުން އަދުލު އިންސާފުގެ ނިޒާމަށް އިތުބާރު ނުކުރާނެކަމަށް އިއްތިފާގުވާނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒާއި އުއްތަމަ ފަނޑިޔާރާއި ޕީޖީ އާއި ވަޑައިން ވަރަށް ވަރުގަދައަށް ޖުޑީޝަރީ އިސްލާހު ކުރަން. ޖުޑީޝަރީ އިސްލާހު ވިތޯ ޖަލްސާއެއް ކުރެވުނީމަ؟ އެއީ ތޯ ޖުޑީޝަރީ އިސްލާހު ކުރާ ގޮތަކީ؟ މި ދެންނެވީ ލަދުން ބޯ ހަލާކުވޭ އިންގޭތޯ. މިއީ ފަންނީ މީހުން ގޮސް ކުރާ ކަންތައް. ދެން މަހާސިންތާއެއް ބޭއްވުނީމަ ކޮންކަމެއްތޯ ނޭނގި އޮތީ؟ މިއަދުވެސް ރާއްޖޭގައި މިއަދު ޕޯލްއެއް ނެގިއަސް 10 މީހުންގެ ތެރެއިން 15 މީހުން ބުނާނެ އަދުލު އިންސާފުގެ ނިޒާމަށް އިތުބާރު ނުކުރާކަން.

ރައީސް ޔާމިން

މިއަދު ރައްޔިތުން އުޅެނީ ވަރަށް ދަތި ހާލުގައިކަން ރައީސް ޔާމީންވަނީ ފާހަގަ ކުރައްވާފައެވެ.

ދައުލަތުން އެކި މަސައްކަތް ނަގައިގެން އެ މަސައްކަތް ކޮށް ނިމޭ ފަހުންވެސް އެކަމާއި ގުޅޭ އުޖޫރަ ނުލިބޭކަން ރައީސް ޔާމީންވަނީ ފާހަގަ ކުރައްވާފައެވެ. އެހެންކަމުން ރައްޔިތުން ޖެހެނީ އަދުލު އިންސާފުގެ ނިޒާމުގެ ދޮރުގައި ޓަކި ޖަހަން ނޫން ކަމަށާއި އެފަދަ މައްސަލަތައްވެސް އަވަސް ގޮތެއްގައި ނުނިމޭކަން ވިދާޅުވެ ރައީސް ޔާމީންވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved