ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ގެ ފަރާތުން ކުރިއަށް އޮތް 20 ވަަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބގައި ކުރިމަތިލެއްވުމަށް ޓިކެޓު ނުދިނުމުން އަމިއްލަ ފަރާތުން އެބޭފުޅުން އިންތިހާބަށް ނުކުތުން، ސަރުޚާރުގެ މަގާމްތައް ދީގެން ހުއްޓުވޭނެތޯ ސުވާލު އުފައްދަވައި، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެ ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު އަލަށް އުފައްދަވާ ސިޔާސީ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކެންޑިޑޭޓުން ތައާރަފް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެެވެ.
އެގޮތުން އެމނަިކުފާނު ވިދާޅުވީ، ޕީއެންސީގެ އިސްވެރިން ބޭނުންވާ ބޭފުޅުންނަށް ޓިކެޓު ދިނުމަށް ޓަކައި ގިނަ މެންބަރުންތަކަކަށް ޓިކެޓު ނުދޭން ނިންމަވާފައިވާ ކަމަށެވެ. އަދި އެބޭފުޅުން ފަހުން އިންތިހާބުގައި ކުރިމަތިލަނީ މިނިވަން ކެންޑީޑޭޓެއްގެ ގޮތުގައި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރަވާފައިވެއެވެ.
އެއާއި ގުޅުވައި އެމަނިކުފާނު ވަނީ، އަމިއްލަ ފަރާތުން އެފަދައިން ނުކުންނަ ކެންޑިޑޭޓުން އިންތިހާބުގައި ބައިވެރިވުން، ސިޔާސީ މަގާމްތައް ދީގެން ހުއްޓުވޭނެތޯ ސުވާލު އަމާޒުކުރައްވާފައެވެ.
(ޓީކެޓް) ނުލިބުނު މީހުން އެއްކަލަ އިގުރާރުގައި ސޮއިކޮށް އެއަށް ފަހު އެމީހުން އަނެއްކާ ހުދު ގަމީހުގައި އެބަ ނުކުމޭ. އެމީހުންގެ އަމިއްލަ ގަވައިދަށް ތަބާނުވެ، އެމީހުން ނަންގަވަން ބޭނުންފުޅުވާ މީހުން ނުނެގުނީމަ ހަމަ އެމީހުން އެބަ ނުކުމޭ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި
ރައީސް ޔާމީން މިފަދައން ވިދާޅުވެފައިވަނީ ވެރިކަން ކުރާ މައި ޕާޓީން އެބޭފުޅުންގެ އަމިއްލަ ގަވާއިދުތަކަށްވެސް އަމަލު ނުކުރާ ކަމަށް ވިދާޅުވެއެވެ.
މަޖިލިސް އިންތިހާބާއި ގުޅިގެން ކެންޑިޑޭޓުންނަށް ޓިކެޓު ދިނުމުގައިނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ސަރުކާރުގެ ޕާޓީއަސް އެތައް ފަހަރަކު މިހާރު ވެސް ވަނީ ކުރެވިފައެވެ. ހާއްސަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ކޮއްކޯފުޅު ސައުދާ އަސް ވެސް ޓިކެޓު ދިނުމަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުތައްވެސް ވަނީ ކުރެވިފައެވެ.