March 22, 2026
Advertisement
އަދުރޭ ޕީއެންސީ ޖަގަހައިން ނުކުމެވަޑައިގަންނަވަނީ
އަދުރޭ ޕީއެންސީ ޖަގަހައިން ނުކުމެވަޑައިގަންނަވަނީ / ތޭރަގްރެފިކްސް

އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެވޭނެ: އަދުރޭ

Mariyam Isaadha
މަރިޔަމް އިސާދާ
Feb 17, 2025, 02:00 AM
މާލެ ސިޓީ

ނޫސްވެރިންގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Advertisement

އޭނާ މިފަދައިން ވިދާޅުވެފައިވަނީ ޕީއެންސީ ހަރުގޭގައި އިންނަވާ ނުކުމެވަޑައިގަތް ވަގުތު ނޫސްވެރިޔަކު ދެ ސުވާލެއް އެބައޮތް ކަމަށް ބުނެ ސުވާލު ކުރަން ދިމާކުރި ވަގުތު އަތުން ނޫނެކޭ އިޝާރާތްކުރައްވާ ކާރަށް އަރާ ވަޑައިގަންނަވަމުންނެވެ.

ޕީއެންސީ އޮފީހުގައި ހުރި އަބްދުއްރަހީމުގެ ކެބިންގެ ތަޅު ބަދަލުކޮށް އޭނާ ޕާޓީ އޮފީހުން ބޭރުކޮށްލާފައިވަނިކޮށް މިއަދު އަބްދުއްރަހީމު ޕީއެންސީ ހަރުގެެއަށް ވަޑައިގެންނެވީ ކީއްކުރަން ކަމެއް ސާފުވާ ގޮތް ނުވެއެވެ. ނަމަވެސް އަބްދުއްރަހީމު އަރިހު މަޖިލީހުގެ ބައެއް މެމްބަރުން ހަރުގޭގައި ގޮނޑި އަޅައިގެން ތިބި މަންޒަރު މީސް މީޑިޔާގައި ދައުރުވެފައިވެއެވެ. އެ މެމްބަރުންގެ ތެރޭގައި މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްލާމާއިލް އާ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއާ ހެންވޭރު ހުލަނގު ދާއިރާ މެމްބަރު އަލީ އިބްރާހިމު (ކައްޕި) ވެސް ހިމެނެއެވެ.

އަބްދުއްރަހީމު ޕީއެންސީ ޖަގަހައަށް ވަޑައިގެންފައި މިވަނީ ރައީސް މުހައްމަދު މުއިއްޒުއާ އަބްދުއްރަހީމުއާ ގުޅުން ގޯސްވެ ސިޔާސީ މަސައްކަތުން އަބްދުއްރަހީމުގެ ހިލަމެއް ނުވާތާ ދުވަސްތަކެއް ފަހުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved