March 19, 2026
Advertisement
މަޖިލިސް މެމްބަރު ބޮންޑެ
މަޖިލިސް މެމްބަރު ބޮންޑެ / މަޖިލިސް

ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީއަށް އަރައިގަނެފައި: ބޮންޑޭ

Aishath Naja
އައިޝަތު ނަޖާ
Feb 11, 2024, 10:32 PM
މާލެ ސިޓީ

ހުސްގޮނޑި ގުނައިގެން މަޖިލިސް ކުރި އަކަށް ނުގެންދެވޭނެ ކަމަށާއި، ސުޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއަށް އަރައިގެންފައި ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ތުހުމަތު ކުރައްވައިފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގުނުމުގައި އަމަލު ކުރާ ގަވައިދަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހަށް ހުށަަހެޅުމުން އެ ގަވައިދަށް އަމަލު ކުރުން މަޑުޖައްސާލުމަށް ނެރުނު ވަގުތީ އަމުރަށް ބަހުސްކުރަމުން ބޮންޑޭ ވިދާޅުވީ، އެއީ މީގެެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތް ހުކުމެއް ކަމަށާއި އެއް ރޮއްޖަކަށް ފޫގަޅައިގެން މަޖިލިސް ކުރިއަށްގެންދާ ކަމަށެވެ.

ރައްޔިތުންގެ މައްޗަށް މިއޮތީ އަމުރެއް ނެރެފައި، މި މަޖިލިސް ކުރިއަށް ގެންގޮސްގެން ނުވާނޭ ކަލޭމެން އޮތީ ގަވައިދެއް ހަދާފައޭ، އެގަވައިދުގައި އެބުނާ ހުސްގޮނޑިތައް ނެތޭ، އެހެންވީމަ ހުސްގޮނޑިތައް ގުނައިގެންނެއް. އިއްޒަތްތެރި ރައީސް، ހާލަތެއް އެބައާދޭ ގައުމަށް، މިހާރު ކިހިނެއްތޯ ވެގެން މިއުޅެނީ"

ބޮންޑޭ

އިތުރަށް ބޮންޑޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބާރަކަށް ސަރުކާރުން އަރައިނުގަނެވޭނެ ކަމަށާއި، އެކަންކަން ކުރީ ކޮވިޑްގެ ހާލަތުވެސް އިސްތިސްނާކޮށްގެން ކަމަށެވެ.

އަދި ބަންޑާރަނައިބަކީ މަޖިލީހުގައި ދާދިފަހަކާ ޖެހެންދެންވެސް އިންނެވި ބޭފުޅެއް ކަމަށާއި، އެބޭފުޅާވެސް ހުރީ ދައުރު ނިމެންދެން މަޖިލީހުގައި އިންނަން މާތްﷲ ގަންދީ ހުވާކޮށްގެން ކަމަށެވެ.

ބޮންޑޭ ވަނީ ރައީސް އަދި ބަންޑާރަ ނައިބަށް ބަހުސްކުރައްވަމުން ފާޑުއަމާޒުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved