May 4, 2026
Advertisement
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމިޓީން ނިންމީ މުސާރަތައް މި ވަގުތު ކުޑަކުރެވެން ނެތް ކަމަށް --
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމިޓީން ނިންމީ މުސާރަތައް މި ވަގުތު ކުޑަކުރެވެން ނެތް ކަމަށް -- / ރައްޔިތުންގެ މަޖިލިސް

ރައީސް އެދިލެއްވި ގޮތަށް މަޖިލިސް މެންބަރުން ހިމެނޭހެން މުއައްސަސާތަކުގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ފާސްކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Feb 18, 2025, 07:05 PM
މާލެ ސިޓީ

މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން ފޮނުވި ނަމަވެސް ގާނޫނު ބަދަލުކޮށްގެން ނޫން ގޮތަކަށް އެކަން މި ވަގުތު ކުރެވެން ނެތްކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

Advertisement

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ މި ވަގުތު ބަދަލުތައް ގެންނަން ނުފެންނަ ކަމަށް ރައީސަށް ލަފާ ދިނުމަށް ހުށަހަޅުއްވާފަ އެވެ. އަދި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ފަހު އެ ހުށަހެޅުން ހުށަހެޅުމަށް ލަފާ ދިނުމަށް އޭނާ ހުށަހެޅުއްވި އެވެ.

މި ހުށަހެޅުން ފާސްވީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. މިރިޕޯޓު ފާސްވުމާއެކު ރިޕޯޓް ވަނީ މަޖިލީހުގެ ތަޅުމަށް ގޮތެއް ނިންމުމަށް ފޮނުވާފައެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބޭރުގެ މާލީ އިދާރާތަކުން ވެސް އަންނަނީ ޚަރަދުތައް ކުޑަކުރަން ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ. އެހެން އެކަން އޮއްވައި ވެސް ޚަރަދުތައް ކުޑަވާތަން ނުފެންނަކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved