މިފްކޯ / ޕީއެސްއެމް
ހަބަރު
މިފްކޯގެ އިސް ތިން ވެރިޔަކު ވަޒީފާއިން ވަކިކޮށްފި
Hussain Nawaf
ހުސައިން ނަވާފް
18 ފެބްރުއަރީ 2025

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓަޑް މިފްކޯގެ އިސް ތިން ވެރިޔަކު ވަޒީފާއިން ވަކިކޮށްފިއެވެ.

އެ ކުންފުނިން ހާމަ ކުރާ ގޮތުގައި ތިން ޖެނެރަލް މެނޭޖަރުން ވަޒީފާއިން ވަކިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖުމެންޓު ޕާރފޯމަންސް ރިވިއުއެއް ކުރުމަށްފަހެވެ.

އެގޮތުން ކުންފުނީގެ ހިންގުން މިހާރަށްވުރެންވެސް ބޮޑަށް ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ ވަގުތީ އަދި ދާއިމީ މުހިންމު ބަދަލުތައް މިހާރު ދަނީ ގެންނަމުންކަމަށް މިފްކޯއިން ބުނެފައިވެއެވެ. އަދި މިކަމުގެ މަގްސަދަކީ ޒިންމާދާރުކަން ކަށަވަރުކުރުމާއި ހިންގުން ހަރުދަނާކުރުންކަމަށް މިފްކޯއިންވަނީ ހާމަކޮށްފައެވެ.

މިފްކޯ އިން އެފިޝެންސީ ރަނގަޅު ކުރުމަށް ނިމިދިޔަ އަހަރުން ފެށިގެން ގިނަ މަސައްކަތެއް ކުރިކަމަށްވެސް އެ ކުންފުނިންވަނީ ބުނެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved