ބަންކަރިން އިން ލިބުނު އާމްދަނީ ހާމަކުރަން ވަޒީރު ވަނި ދެކޮޅު ހައްދަވާފައި / ދަ އެޑިޝަން
ހަބަރު
ބަންކަރިން އިން ލިބުނު އާމްދަނީ ހާމަކުރުމަށް ދެކޮޅު ހަދާ ވަޒީރު ވިދާޅުވީ އެކަން ހާމަކުރަން ވާނީ އެސްޓީއޯއިން ކަމަށް!
Mariyam Isaadha
މަރިޔަމް އިސާދާ
18 ފެބްރުއަރީ 2025
މާލެ ސިޓީ

ބަންކަރިން ހިދުމަތުން ލިބުނު އާމްދަނީ ހާމަކުރަން އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ދެކޮޅު ހައްދަވައިފިއެވެ.

ބަންކަރިންގެ ހިދުމަތް ފެށިތާ ފަސް މަސްވެފައިވާއިރު އެ ހިދުމަތުން މިހާތަނަށް ލިބުނު އާމްދަނީއާ ގުޅޭ ގޮތުން އޮންލައިން ނޫހަކުން ސުވާލުކުރުމުން ސައީދު ވަނީ އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވަން ދެކޮޅު ހަދާފައިކަމަށް މީޑިޔާގައި ރިޕޯޓުކޮށްފައިވެއެވެ.

އަހަރެއްގެ މައްޗަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބުނެ ފެށި ބަންކަރިންގެ ހިދުމަތުން މިހާތަނަށް ލިބުނު އާމްދަނީ ހާމަކުރަން ދެކޮޅު ހަދާ ސައީދު ވަނީ އެ ތަފްސީލު ހޯދުމަށް ސްޓޭޓު ޓްރޭޑީން އޯގަނައިޒޭޝަންއާ ސުވާލުކުރުމަށް އެދިފައެވެ. ސައީދު ވިދާޅުވާ ގޮތުގައި އެ ވިޔަފާރި ކުރަނީ އެސްޓީއޯއިން ކަމަށާ އެހެންކަމުން އެ ތަފްސީލު ދޭން އެންމެ ރަގަޅު ބަޔަކަށް ވާނީ އެސްޓީއޯ ކަމަށެވެ.

ސައީދު މިފަދައިން ވިދާޅުވެފައިވާއިރު ބަންކަރިންގެ ޚިދުމަތުން މީގެ ކުރިން ލިބުނު އާމްދަނީގެ ތަފްސީލު ސައީދު ވަނީ ހާމަކުރައްވާފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ޞޭއްވި "ހަފުތާ 52" ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަން އެއްގައި އެ ދުވަހާ ހަމައަށް ބަންކަރިން އިން ލިބުނު އާމްދަނީ ސައީދު ވަނީ ހާމަކުރައްވާފައެވެ،. ސައީދު ހާމަކުރެއްވި ގޮތުގައި އެދުވަހާ ހަމައަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved