March 23, 2026
Advertisement
ސީޕީ ހުސެއިން ޕީއެންއެފް ޖަލްސާގައި
ސީޕީ ހުސެއިން ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

ރައީސް ޔާމީންގެ ފަހަތްޕުޅުގައި އެތިބީ މިހާރު ރައީސް ޔާމީން އިތުބާރު ކުރައްވާ ބޭފުޅުން: ހުސައިން

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Feb 12, 2024, 04:58 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ފަހަތްޕުޅުގައި މިހާރު މަސައްކަތް ކުރައްވަމުން އެދަނީއެމަނިކުފާނު އެންމެ އިތުބާރު ކުރައްވާ ބޭފުޅުންކަމަށް ރައީސް ޔާމީންގެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމިންގެ ޕާޓީ (ޕީއެންއެފް) ގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ހުސައިން ވިދާޅުވީ ރައީސް ޔާމީންގެ ފަހަތުގައި މިހާރުއެތިބީ ރައީސް އެންމެ އިތުބާރު ކުރާ މީހުންކަމުގައެވެ.

ރައީސް ޔާމިންގެ ފަހަތްޕުޅުގައި މިހާރު އެތިބީ ރައީސް އެންމެ އިތުބާރު ކުރާ މީހުން

ހުސައިން ވަހީދު

ހުސައިން މިފަދައިން ވިދާޅުވީ، ރައީސް ޔާމީނަށް އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހުމަދާއި، އެމަނިކުފާނުގެ ޕާޓީ ހިންގެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލް އެމަނިކުފާނަށް ހެވެއް ނޭދޭނެ ކަމަށް މި ސަރުލާރުގެ އިސްވެރިން ބުނާ ބުނުމަށް ރައްދުދެއްވާ ދެއްކި ވާހަކައިގައެވެ.

އެގޮތުން ހުސައިންގެ އިތުރުން ރައީސް ޔާމިންވސް ވަނީ އެމަނިކުފާނު އެމަނިކުފާނާއި ެކުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ފުރިހަމަ އިތުބާރު އޮންނަ ކަން ހާމަކުރައްވާފައެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved