އާސަންދަ ކުންފުނީގެ ބައެއް ތަންތަން ބޮޑު އަގުގައި ސައުންޑް ޕްރޫފުކޮށްދޭނެ ބަޔަކު ހޯދަނީ / އާސަންދަ
ހަބަރު
އާސަންދައިގެ އޮފީސް ބޮޑު އަގުގައި ސައުންޑް ޕްރޫފްކޮށްދޭނެ ބަޔަކު ހޯދަނީ!
Mariyam Isaadha
މަރިޔަމް އިސާދާ
19 ފެބްރުއަރީ 2025
މާލެ ސިޓީ

އާސަންދަ ކުންފުނީގެ އޮފީހުގެ ބައެއް ތަންތަން ސައުންޑްޕްރޫފް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

އާސަންއިން ގެޒެޓުކުރި އެ އިއުލާނުގައި ބުނެގައިވަނީ އެ ކުންފުނިން ދޭ މައުލޫމާތާ އެއްގޮތަށް ކުންފުނީގެ ބައެއް ތަންތަން ސައުންޑް ޕްރޫފޮކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. ނަމަވެސް ސައުންޑް ޕްރޫފު ކުރަން ބޭނުންވާ ތަންތަނުގެ ތަފްސީލު އިއުލާނުގައި ހިމަނާފައިނުވެއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ 23، ގެ މެންދުރުފަހު 3:00 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް އާސަންދައިން ހާމަކޮށްފައިވެއެވެ. އަދި މި މަސައްކަތުގެ މައުލޫމާތު ކަރުދާސް ލިބޭނީ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށެވެ.

ރަޖިސްޓްރީ ކުރެއްވުމަށް ހަމަޖެހިފައިވާ ސުންގަޑި ހަމަވާއިރު، މަދުވެގެން 3 ފަރާތަކުން ރެޖިސްޓްރީ ކޮށްފައިނުވާނަމަ، މި އިއުލާން ބާތިލުކޮށް އަލުން އިޢުލާން ކުރުމުގެ އިހުތިޔާރު އާސަންދަ ކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

މި މަސައްކަތަށް ރަޖިސްޓްރީ ވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިންގއެއް 24 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހުގެ 10:00 ގައި މި ކުންފުނީގެ މައި އޮފީސް (ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ. އަދި އަންދާޒީ ހިސާބު ހުށަހެޅުން ކުރިއަށް ގެންދަން އާސަންދައިން ނިންމާފައިވަނީ ފެބްރުއަރީ 27، ގެ މެންދުރުފަހު 3:00 ގައި ބާއްވާ ވެބް މީޓިން އެއް މެދުވެރިކޮށެވެ.

އާސަންދަ ކުންފުނީގެ މައި އޮފީސް ހުންނަނީ ފެން ބިލްޑިންގުގަ އެވެ. އެ ކުންފުނީގެ ބައެއް އެހެން އޮފީސްތައް މާލޭގައި ހުރެ އެވެ.

އާސަންދައިން ބައެއް ތަންތަން ސައުންޑް ޕްެރޫފުކުރަން ބަޔަކު ހޯދަން އިއުލާންކޮށްފައިވާއިރު އެ ކުންފުނީގެ ހަރަދު ބޮޑުވެ ހަރަދުކުޑަކުރުމަށް ރައްޔިތު މިހާއަށް ފޯރުކޮށްދޭން ޖެހޭ ބޭސް ފޯރުކޮށްދިނުމުގައިވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އަދި އާސަންދައިގެ ހަރަދު ކުޑަކުރުމަށް، ޕްރައިވެޓު އިންޝުއަރެންސް ގެންގުޅޭ ފަރާތްތަކުގެ ސިއްހީ ކަންކަމަށް އެ އންޝުއަރެންސްތަކުން ފުރަތަމަ ކެނޑުމަށް ނިންމާފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved