March 22, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ދިވެހި މަސްވެރިންނަށް ދޭންޖެހޭ ފުރިހަމަ ކަށަވަރުކަން ސަރުކާރަކަށް ނުދެވެ: ރައީސް ޔާމީން

Fathmath Reem
ފާތުމަތު ރީމް
Feb 12, 2024, 04:44 AM
މާލެ ސިޓީ

އިންޑިއާ ސިފައިން ދިވެހި މޮސްދޯނިފަހަރަށް އެރި މައްސަލައާ ގުޅިގެން މަސްވެރިންނަށް ދޭންޖެހޭ ފުރިހަމަ ކަށަވަރުކަން މި ސަރުކާރަށް ނުދެވޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ރައީސް ޔާމީން އަަލަށް އުފައްދަވާ ޕާޓީ ޕީއެންއެފްގެ ފަރާތުން މަޖިލިސް އިންތިހާބަށް ވާދަކުރައްވާ ކެނޑިޑޭޓުން ތައާރަފް ކުރުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކާ ސުވާލު ކުރައްވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ދިވެހި މަސްދޯނި ފަހަރަށް އެރުމާ ގުޅިގެން ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ކަށަވަރުކަން އަދި ނުދެވޭ ކަމަށާ މިހާރު މަސްވެރިން މަހަށް ނިކުތުމަށް ސިހުންތެރި ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

މަސްވެރިންނަށް ސަރުކާރުން ދެއްވަންޖެހޭ ކަށަވަރުކަން ސަރުކާރަށް ދެއްވެން ވާވަރަށް ނުދެއްވިގެން އަދި އުޅުއްވަނީ. އެހެންވީމަ މަސްވެރިން މަހަށް ނުކުތުމަށް ސިހުންތެރި ކަންތައްތަކެއް ހުންނާނެ މިހާރު.

ރައީސް ޔާމީން

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ހަތިޔާރު ހިފައިގެން ސިފައިން އަރާ އެފަދަ އަމަލެއް ހިނގާކަށް އެއްވެސް ބަޔަކު ބޭނުން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ މިކަމާ ގުޅިގެން ހަމައެކަނި އިންޑިއާއާ ވާހަކަ ދައްކާލިޔަސް ނުވާނެ ކަމަށާއި މިކަމުގެ އިންޑިއާގެ ކަށަވަރުކަން ހޯދަން ޖެހޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved