އެޗްޑީސީގެ މައި އޮފީސް / ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހަބަރު
ޕީސީބީގެ އެންގުމާއި ހިލާފަށް އެޗްޑީސީން ރޯދަ އިނާޔަތަށް 5،000ރ.، އަހަރީ ބޯނަހަށް 10،000ރ. ދީފި
Hussain Nawaf
ހުސައިން ނަވާފް
20 ފެބްރުއަރީ 2025

ރޯދަ އިނާޔަތުގެ އިތުރުން އެއްވެސް އިތުރު ބޯނަސްއެއް ނުދިނުމަށް ކުންފުނިތަކަށް އެންގި އެންގުމާ ހިލާފަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކޮންމެ މުވައްޒަފަކަށް 5،000ރ. ބަހައިފިއެވެ.

ރޯދަ އިނާޔަތުގެ ގޮތުގައި ދިނުން ގާނޫނުން ލާޒިމު ކުރާ 3،000 ރުފިޔާއަށް ވުރެ އިތުރަށް ފައިސާ ނުދޭން އެންގީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު ޕީސީބީންނެވެ.

ރޯދަ އިނާޔަތުގެ ގޮތުގައި 5،000ރ. ދިނުމުގެ އިތުރުން، ރޯދަޔާ ދިމާކޮށް އެޗްޑީސީން ވަނީ އަހަރީ ބޯނަހުގެ ގޮތުގައި ވެސް 10،000ރ. މުވައްޒަފުންނަށް ދީފަ އެވެ. އެއީ މިދިޔަ އަހަރުގެ ބޯނަހެވެ. އެސްއޯއީތަކުން ހަރަދު ކުޑަ ކުރަން ސަރުކާރުން އެންގުމުން، އެޗްޑީސީން އޮތީ އެ ބޯނަސް ހިފަހައްޓައިފައިވާކަން އަދަދުންވަނީ ރިޕޯޓުކޮށްފައެވެ.


މީގެ އިތުރުން އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މީހުންނަށް ހަމައެކަނި އަސާސީ ވަޒީފާ އަދާކުރާ ތަނުން އެލަވަންސް ދިނުމަށް ވެސް ޕީސީބީއިން އެންގިއެވެ. އެއާއިކު ރޯދައާ ގުޅުވައި އިތުރު ހަދިޔާއެއް ނުދިނުމަށް ވެސް އެ ސާކިއުލާގައި އަންގާފައިވެ އެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވުމާއި ގުޅިގެން ހަރަދު ކުޑަ ކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އަނެއްކާވެސް އިއްޔެ ވަނީ ގޮވާލައިފައެވެ.

ބަޖެޓުގައި ހިމަނާފައި ހުރި އިގުތިސާދީ ރިފޯމް އެޖެންޑާގެ ކަންކަން ވީހާ ވެސް އަވަހަށް ފަށަންޖެހޭކަން އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ. އާމްދަނީ އިތުރުކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ވީހާ ވެސް އަވަހަށް ޚަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އައިއެމްއެފުން ގޮވާލާފައިވެއެވެ.

އަދި ސަބްސިޑީތައް ޓާގެޓުކުރުމާއި ސީދާ ގޭބިސީތަކަށް ލިބޭ ގޮތަށް ބަދަލުކުރުން އަވަސްކުރަންޖެހޭކަމަށްވަނީ ބުނެފައެވެ. އޭގެ ތެރޭގައި ކުންފުނިތައް ރިފޯމްކުރުމާއި އާސަންދަ ރިފޯމްކުރުން ހިމެނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved