theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ލ. ގަން އަދި އެ ރަށާ ގުޅިފައިވާ ގޮތަކަށް އުތުރަށް އޮންނަ ބޮޑުފިނޮޅު / ގޫގްލް މެޕްސް
ހަބަރު
ގަމުގެ އިހުތިސޯސްގައި ބޮޑުފިނޮޅު ހިމަނައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
22 ފެބްރުއަރީ 2025
މާލެ ސިޓީ

ލ. ގަމާ ބިމުގެ ގޮތުން ގުޅުވާލާފައި އޮންނަ ބޮޑުފިނޮޅު ގަމުގެ އިހުތިސާސްގައި ހިމަނައިފި އެވެ.

ބޮޑުފިނޮޅު ގަމުގެ އިހުތިސޯސްގެ ތެރޭގައި ހިމެނުމަށް އެ ރަށު ކައުންސިލުން ސަރުކާރުގައި އެދުމުން، އެ ގޮތަށް ގަމުގެ ސަރަހައްދަށް ބަދަލު ގެނެސް ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

ބޮޑު ފިނޮޅަކީ މީގެ 17 އަހަރު ކުރިން، 2008 ވަނަ އަހަރު ޓޫރިޒަމް ޓްރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މާލޭގެ ކުރީގެ މޭޔަރު، އާދަމް މަނިކު (ސަރަނގު އާދަމް މަނިކު) ހިއްސާވާ ޕްރިމިއާ އިކުއިޓީއާ ކުންފުންޏަށް ދޫކޮށްފައި އޮތް ރަށެކެވެ.

ނަމަވެސް އެ މަޝްރޫއު ހުއްޓިފައި އޮންނަތާ އެތައް އަހަރެއް މިހާރުވެއްޖެ އެވެ. އެ ރަށުގައި އެއްވެސް މަސައްކަތެއް ނުހިންގާ އޮންނާތީ އެ ރަށް ގަމުގެ ބަޔަކަށް ހަދައި ދިނުމަށް ސަރުކާރުގައި އެދުނެވެ.

ބޮޑުފިނޮޅު ތަރައްގީ ކުރުމަށް ކުރިން މަސައްކަތް ކޮށްފައި ވާގޮތުގެ ސަބަބުން ގަމު ކައުންސިލުން މީގެ ކުރިން ވަރަށް ބޮޑެތި ކަންބޮޑުވުންތައް ފާޅު ކޮށްފައިވެ އެވެ. އެގޮތުން ބޮޑުފިނޮޅު ގަމާ ގުޅައިލި ގޮތުގެ ސަބަބުން ގަމުގެ ބޮޑު ބައެއް ގިރައިގެން ގޮސްފައިވާ ކަމަށް މީގެ ކުރިން ގަމު ކައުންސިލުން ބުނެފައިވެ އެވެ.

ބިން ބޮޑު ގަމުގެ އިހުތިސާސްގައި ހިމެނި ބޮޑު ފިނޮޅަކީ އެ ރަށާ އެއް ފަޅެއްގައި އެ ރަށު ތުނޑި އަވަށު ކޮޅުގައި އޮތް ރަށެކެވެ. އެކަމަކު ފަހުން އެ ރަށް ވަނީ ގުދުރަތީ ގޮތުން ގަމާ ގުޅި، އެއްފަސްގަނޑަކަށް ވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved