March 19, 2026
Advertisement
ރައީސްގެ އެންގުމާ ހިލާފުވި އެމްޕީއިންގެ ތެރޭގައި ފަރސްޓް ލޭޑީގެ ބޭބެފުޅު ވެސް ހިމެނޭ
ރައީސްގެ އެންގުމާ ހިލާފުވި އެމްޕީއިންގެ ތެރޭގައި ފަރސްޓް ލޭޑީގެ ބޭބެފުޅު ވެސް ހިމެނޭ / ތޭރަގްރެފިކްސް

ރައީސްގެ އެންގުމާ ހިލާފުވި އެމްޕީއިންގެ ތެރޭގައި ފަރސްޓް ލޭޑީގެ ބޭބެފުޅު ވެސް ހިމެނޭ!

Feb 25, 2025, 10:49 PM
މާލެ ސިޓީ

ސުޕްރީމު ކޯޓުގެ ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ބަލައިގަތުމާ މެދު މިއަދު ނެގި ވޯޓުގައި ޕީއެންސީގެ 10 މެމްބަރަކު ބައިވެރިވެވަޑައި ނުގެންނެވިއިރު އޭގެ ތެރޭގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޅިޔަނު، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބޭބޭފުޅުވެސް ހިމެނިވަޑައިގަންނަވާކަން ހާމަވެއްޖެއެވެ.

Advertisement

ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅި ބިލު ބަލައިގަތުމާ މެދު މަޖިލިސް ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތީ 76 މެންބަރުންނެވެ. އޭގެ ތެރެއިން 64 މެންބަރުންގެ ވޯޓާ އެކު ބިލު ބަލައިގެންއިރު ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅަށް ނިސްބަތްވާ 12 މެންބަރުންނެވެ.

އެ ވޯޓުގައި ޕީއެންސީއަށް ނިސްބަތްވާ 10 މެންބަރުން ބައިވެރިވަޑައިނުގަންނަވައެވެ. އެ ދިހަ މެންބަރުންގެ ތެރޭގައި ފަރސްޓް ލޭޑީގެ ބޭބޭފުޅު، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާޙިމް މުހައްމަދު ވެސް ހިމެނިވަޑައިގަންނަވައެވެ. އޭނާގެ އިތުުރުން ދެން ވޯޓުގައި ބައިވެރިވެވަޑައިނުގަންވާ މެންބަރުންނަކީ،

  1. އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު
  2. މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު
  3. ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު
  4. ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު
  5. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
  6. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު
  7. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން
  8. ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން
  9. ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު އެވެ.

މި 10 މެންބަރުންނާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)އިން ދީފައިވެއެވެ.

ސުޕްރީމު ކޯޓުގެ ބެންޗާ ކުޅެން ސަރުކާރުން މަސައްކަތް ފަށާފައި މިވަނީ ސަރުކާރުގެ ހިންގާ ޕީއެންސީން، މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ ސިފަތަކާ ފުށުއަރާ އިސްލާހެއް ކަމަށް ބުނެ، ސުޕްރީމު ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ދާ ވަގުތެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved