March 11, 2026
Advertisement
ޖުޑީޝިއަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ޖުޑީޝިއަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން / -

ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލް މަޖިލިސް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 25, 2025, 11:14 PM
މާލެ ސިޓީ

ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލް މަޖިލިސް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

Advertisement

ސުޕްރީމު ކޯޓުގެ ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅި ބިލު މިއަދު ވަނީ މަޖިލީހަށް ބަލައިގެންފައެވެ.

އެ ބިލު ބަލައިގަތުމާ މެދު ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތީ 76 މެންބަރުންނެވެ. އޭގެ ތެރެއިން 64 މެންބަރުންގެ ވޯޓާ އެކު ބިލު ބަލައިގެންއިރު ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅަށް ނިސްބަތްވާ 12 މެންބަރުންނެވެ.

ބިލު ބަލައިގަތުމަށް ފަހު ކުރިއަށް ދިޔަ އިބްތިދާއީ ބަހުސްގެ ވަގުތުގައި މެމްބަރުން ވަނީ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލާއި ގުޅޭގޮތުން ބަހުސްކޮށްފައެވެ.

ބިލު އޭގެ ފަހުން ކޮމިޓީއަށް ފޮނުވާ، ކޮމިޓީ މަރުހަލާގައި ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ބިލާ މެދު މިއަދުން މިއަދަށް ވަނީ ގޮތް ކޮމިޓީއިން ނިންމާފައެވެ. އެގޮތުން އެ ބިލު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ބިލު ފާސްކުރުމަށް ފެންނަކަމަށް 7 މެމްބަރަކު ވޯޓު ދެއްވިއިރު ނުފެންނަކަމަށް 2 މެމްބަރަކު ވޯޓުދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި ވެރިކަން ކުރާ ޕީއެންސީގެ ތަމްސީލު ކުރައްވާ ހުރާ ދާއިރާ މެމްބަރު އަނާރާ ނައީމު ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved