April 9, 2026
Advertisement
ރައީސް މުއިއްޒު ވަނީ އަޒާން ޕީޖީ ގުރޫޕުގެ ވަޓްސް އަޕް ގުރޫޕުން ބޭރުކޮށްލާފައި
ރައީސް މުއިއްޒު ވަނީ އަޒާން ޕީޖީ ގުރޫޕުގެ ވަޓްސް އަޕް ގުރޫޕުން ބޭރުކޮށްލާފައި / ދަ އެޑިޝަން

މެމްބަރު އަޒާން ގުރޫޕުން ބޭރުކުރީ ސީދާ ރައީސް މުއިއްޒު!

Feb 26, 2025, 06:02 AM
މާލެ ސިޓީ

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު، ޕީއެންސީގެ ޕީޖީ ވަޓްސް އަޕް ގުރޫޕުން ބޭރުކޮށްލީ ސީދާ ރައީސް މުހައްމަދު މުއިއްޒު ކަން "ތޭރަ އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

ނަން ހާމަނުކުރުމަށް އެދި މަޖިލީހުގެ ޕީއެންސީ މެމްބަރަކު "ތޭރަ އޮންލައިން" މައުލޫމާތު ދީފައިވާ ގޮތުގައި އެ ގުރޫޕުގެ އެޑްމިން އަކީ ރައީސް މުއިއްޒު ކަމަށާ އަޒާން ގުރޫޕުން ބޭރުކޮށްލީ ވެސް ސީދާ ރައީސް މުއިއްޒު ކަމަށެވެ.

މިކަމާ ގުޅިގެން މެމްބަރު އަޒާންގެ ބަހެއް ހޯދާލަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

އަޒާން ގުރޫޕުން ބޭރުކޮށްފައި މިވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ފާސްކުރަން އުޅޭ ބިލު ބަލައިގަތުމުގެ ވޯޓު ނެގި ޖަލްސާއަށް އަޒާން ހާޒިރުވެވަޑައެއް ނުގެން ޕާލަމެންޓްރީ ގްރޫޕުގައި ބިލާ ދެކޮޅަށް ވާހަކަދައްކަފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved