
މުޅި މަސްވެރިކަމުގެ ސިނާއަތް ބަގުރޫޓު ވުމުގެ ބިރު އެބައޮތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސް ގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ ޖަމީލް ވިދާޅުވީ ކުރިއަށް މިއޮތް ރަމަޟާން މަހުގައިވެސް މަސްވެރި އާއިލާތައް ތަހައްމަލު ކުރަން މިޖެހެނީ ވަރަށް ބޮޑު ހިތްދަތި ކަމަކާކަމަށެވެ.
މީގެ އިތުރުން މަސްވެރިކަމުގެ މުޅި ސިނާއަތް ބަގުރޫޓު ވުމުގެ ބިރު ވަރަށް ބޮޑަށް އެބައޮތް ކަމަށާއި އޭގެ ސަބަބުތައް ބައިވަރު ކަމަށެވެ.
އެގޮތުން މަހުގެ ހަމަ އަގު ނުލިބުމާ، ތެޔޮ އަޅާނެ ގޮތް ނެތުމުގެ އިތުރުން އައިސް ނުލުބުމާ، މަސްވެރި ފިހާރަތަކަށް ދަރަނި ވެރިވުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ޑރ މުއިއްޒު ވަނީ މަސްވެރިންގެ މައްސަލަތަކަށް ހައްލު ގެނަސް ދެއްވާޏެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އެންމެ އެދެވޭ ހައްލު ލިބިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.










