March 25, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

މިއީ ވަރަށް ހަޑި ހުތުރުކޮށް ހިންގަން ދިމާކޮށްފައި އޮތް ވެރިކަމެއް: ރައީސް ޔާމީން

Feb 28, 2025, 12:49 AM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރަން އުޅުއްވަނީ "ވަރަށް ހުތުރުކޮށް" ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފުން އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވި، ސަރުކާރެއްގެ ވެރިއެއްގެ ގޮތުގައި ހުންނަވާ ބޭފުޅެއްގެ އަތްޕުޅުގައި ކޮންމެ ވެސް ވަރެއްގެ ބާރެއް އޮތް ނަމަވެސް ފަނޑިޔާރުގެތަކާ ކުޅެން ރައީސް މުއިއްޒު އުޅުވުމަކީ ހުތުރު މިސާލެއް ކަަމަށެވެ.

އެގޮތުން ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ނިންމާ ސަރުކާރުން އަމަލުކުރި ގޮތަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓުގައި މިހާރު އޮތް ދުސްތޫރީ މައްސަލައާއި ގުޅިގެން ރައީސް މުއިއްޒަށް ގެއްލުންތަކެއް ވެދާނެ ކަމަށް ގަބޫލުކުރެއްވޭތީ އެމަނިކުފާނަށް އެ މައްސަލަ އާއި ގުޅިގެން އުނދަގޫތަކެއް އިހްސާސްވާ ކަމަށެވެ.

ސަރުކާރެއްގެ ވެރިއެއްގެ ގޮތުގައި ހުންނަވާ ބޭފުޅެއްގެ އަތްޕުޅުގައި ކޮންމެ ވެސް ވަރެއްގެ ބާރެއް ކޮންމެވެސް މުއްދަތަކަށް އޮންނާނެ. ނަމަވެސް މަތިން ގަޑި ޖެހުނީމަ އެކަކަށް ކުރެވޭނެ އެއް ކަމެއް ވެސް ނޯންނާނެ. ކޮބައިތޯ މިހާރު މިއުޅެނީ ރައީސް ނަޝީދު ކުރައްވަން އުޅުނު ކަންތަކެއް ނޫންތޯ ކުރައްވަން. ރައީސް ނަޝީދު މަސައްކަތްކުރިއޭ ޖޭއެސްސީއެއް ބާއްވައިގެން އޭނަ ބޭނުންވާ މީހުން ފަނޑިޔާރުގެތަކަށް އައްޔަންކުރަން. ނުވި ނޫންތޯ އެހެންނެއް. ސުޕްރީމު ކޯޓުގައި ފިޒިކަލީ ތަޅުވެސް އެޅުއްވި ނޫންތޯ. އެހެންވީމަ ވަރަށް ހަޑި ހުތުރުކޮށް ހިންގަން ދިމާކޮށްފައި އޮތް ވެރިކަމެއް މިއީ

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުން ވެގެންދާނީ ރައީސް މުއިއްޒު ހައްދަވާނެ އެންމެ ބޮޑު އެއް ގޯހަށް ކަމަށެވެ. ރައީސް މުއިއްޒު އެފަދަ ކަމެއް ކުރައްވައިފިނަމަ އެ މަންޒަރު ބަލަން ރައްޔިތުން ނުތިބޭނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved