April 18, 2026
Advertisement
 ލުބުނާނުގެ ބޯޑަރު ކައިރީގައި ޓޭންކަރެއް ބާއްވާފައި-- ފޮޓޯ: ރޮއެޓާސް
ލުބުނާނުގެ ބޯޑަރު ކައިރީގައި ޓޭންކަރެއް ބާއްވާފައި-- ފޮޓޯ: ރޮއެޓާސް

ހިޒްބުﷲގެ އިސް ކޮމާންޑަރަކު ޝަހީދު ކޮށްލައިފި

Aishath Naja
އައިޝަތު ނަޖާ
Jan 9, 2024, 02:49 AM
މާލެ ސިޓީ

ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހިޒްބުﷲގެ އިސް ކޮމާންޑަރެއް ޝަހީދުކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

Advertisement

ސަލާމަތީ އޮފިޝަލަކު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ، ޝަހީދުކޮށްލާފައި ވަނީ ހިޒްބުﷲގެ ދެކުނުގައި ހިންގާ އޮޕަރޭޝަންތައް ބެލެހެއްޓުމުގައި އިސް ދައުރެއް އަދާކުރެއްވި ކޮމާންޑަރެއް ކަމަށެވެ.

އޭނާ ޝަހީދުކޮށްލާފައި ދެކުނުގައި ހުރި އޭނާގެ ކާރަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި ކަމަށްވެސް ބުނެފައި ވެއެވެ.

އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވި ހިޒްބުﷲ އިސް ކޮމާންޑަރަކީ އެލީޓް ރަދުވާން ފޯސްގެ ޔުނިޓެއްގެ ޑެޕިއުޓީ ހެޑް ވިސާމް އަލް ތަވީލް ނުވަތަ "ޖަވާދު" ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ބޯޑަރު ހުރަސްކޮށް ބޮމުގެ ހަމަލާތައް ދޭން ފެށި ފަހުން ލުބުނާނުގެ ދެކުނުގެ ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާތަކުގައި ހިޒްބުﷲގެ 130 އަށް ވުރެ ގިނަ ހަނގުރާމަވެރިން ވަނީ ޝަހީދުވެފައެވެ

މި މަރާއެކު ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ލުބުނާނާއި އެހެން ތަންތަނަށް ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved