theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަސްވެރިންނަށް ވީ އުޖޫރަ ކޮބާ؟ / ތޭރަ އޮންލައިން
ރިޕޯޓު
މަސްވެރިން އަތުން މަސް ގަންނަ އަގު 20 ރުފިޔާއަށް ތިރިކުރީ ހެޔޮފުޅުކަމުންތޯ؟
Hanaan Naeem
ހަނާން އަހުމަދު ނަޢީމް
12 ފެބްރުއަރީ 2024
މާލެ ސިޓީ

މަސްވެރިން ހާލުގައިތިބި ވަރު މިހާރު ނޭނގޭ ބަޔަކު މަދުވާނެއެވެ. ރޯމާ ދުވާލު ގަނަތެޅިގެން ކަނޑުމަތީގައި ކުރާ މަސައްކަތް އަގުވަޒަންކުރާނެ މީހަކުނެތެވެ. އެމީހުން ކުރާ މަސައްކަތުގެ އުޖޫރަ ލިބެނީއެއްނޫނެވެ. މިކަމާއި ގުޅިގެން މަސްވެރިން ވަނީ އެތައް ފަަހަރެއް މަތިން ކަންބޮޑުވުން ފާޅުކޮށް ސަރުކާާރަށް ވެސް ސުވާލުތަކެއް އަމާޒުކޮށްފައެވެ.

ސަރުކާރުު ބަދަލުވިފަހުން އެންމެ ހިންގާލާފައި އުޅުނީ ފިޝަރީސް މިނިސްޓްރީންނެވެ. ނަމަވެސް މަސްވެރިންގެ އުދާސްތައް އަޑު އެހުމުން ދޭހަވެގެންދިޔައި އެއީވެސް ރައްޔިތުންނަށް ދެއްކި ދަޅައެއް ކަމެވެ. ސަރުކާރު ބަދަލުވި ފަހުން އުޖޫރައެއް ދީފައެއްނުވެއެވެ.

އުޖޫރަ ނުލިބިގެން މަސްވެރިން އުޅުނީ ގޭަގައި ކަރަންޓު ބިލް ނުދެއްކިފައެވެ. ދަރިންގެ ސްކޫލާއި ޓިއުޝަން ފީ ނުދެއްކިފައެވެ. ކާންބޯން ތަކެތި ހޯދުމަށް ދަތިތަކަކާއިވެސް ކުރިމަތިލާން ޖެހިފައި ތިބި މީހުން ވަކި މަދެއް ނޫނެވެ.

ސަރުކާރުން ބުނަނީ ދޭނެ ކަމަށެވެ. ނަމަވެސް މަސްވެރިންތައް ބުނަމުން އަންނަނީ އެމީހުން ބަނޑަށް މަރުވީމަ ދެން ނުދިނަސް ހެޔޮކަމަށެވެ. ސަރުކާރުގެ މަގާމްތައް ލިބި ފިނި ކޮޓަރި ފެނުނީމައި ނިކަމެތި މަސްވެރިޔާގެ ހާލަތު ނުވިސްނެނީތޯއެވެ. އެހެން ވެދާނެއެވެ. ފިނި ކޮޓަރި ލިބުނީމައި ވާނީވެސް އެހެންތާއެވެ.

މިހާރުގެ ސަރުކާރުގެ އިސްފަޑީގައި ތިއްބެވި ވެރިން ކުރީ ސަރުކާރުގަިއ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިރު އަޑު އުފުލަމުން ދިޔައީ މަސްވެރިންގެ ހައްގުގައެވެ. އޭގެ ތެރޭގައި އިސްކށް ހުންނެވި އެއް ބޭފުޅަކީ މިހާރުގެ ފިޔަރީސް މިނސްޓަރ އަހުމަދު ޝިޔާމެވެ. ނަމަވެސް އާރާއި ބާރު ލިބުމުން އޭރު މަސްވެރިންގެ ހައްގުގައި އަޑު އުފުލި މީހާ މިހާރު ކޮބައިތޯ ސުވާލު އުފެދެއެވެ. ހިދުމަތް ކުރެވެން އޮތް ދުވަހު އަޅާނުލި މީހަކު ވާނީ ކޮން ހެވެއް ތޯއެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ފޮތް ބޮނޑީގައިވެސް މަސްވެރިންނަށް ވައުދުތަކެއް ހުއްޓެވެ. ނަމަވެސް އެކަން ކަން ކޮށްދޭނެ އިރެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެއެވެ. ވާނީވެސް އެހެންތާއެވެ. މަގާމާއި އާރާއި ބާރު ހޯދުމަށް ވިއްކި މީހާގެ މަތިން ވެސް ހަނދުމަފުޅު ހުރީީއެއް ނޫނެވެެ. މަސްވެރިންނަކީ އަދި މާ ދުރުބައެކެވެ.

މަސްވެރިން ހާލުގައި ޖެހިފައި ތިބި މަންޒަރު ހަމަ ނުފެންނަނީތޯއެވެ. އެތައް ވައުދުތައްވެ ވެރިކަމަށް އައިސް ހަމަ އެންމެ ވައުދެއް މަތިންވެސް ހަނދާންނެތީތޯއެވެ.

ކޮމެންޓު
ކޮމެންޓްތައް
aa
13 ފެބްރުއަރީ 2024, 00:17
Nuvaa varun kanthah kuran ulhegen dharai vikumahvure, dhemehttenivi gothakah kan kan koggen, nudharai kuriyah dheveytho belun, maa budhdhiverivaane.
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved