މިވަނީ ކިހިނެއް؟ / ތޭރަ އޮންލައިން
ރިޕޯޓު
މި ވަނީ ކިހިނެއް؟
Hanaan Naeem
ހަނާން އަހުމަދު ނަޢީމް
15 ފެބްރުއަރީ 2024

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ވާކަތަކަކީ މިހާރު އެންމެ ގިނައިން ދެކެވޭ ވާހަކަތަކެކެވެ. ހާއްސަކޮށް ސަރުކާރުގެ މައި ޕާޓީ، ޕީއެންސީގައި ޓިކެޓު ދޫކުރަން ގެންގުޅޭ އުސޫލަކީ އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ އެއްކަމެކެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި، އެ ޕާޓީގެ މެންބަރުންެވެސް އެތިބެނީ ރުހުމުގައެއް ނޫނެވެ. ނުފޫޒުން ޓިކެތޫ ދޫކުރަމުން އެދަނީ ޕާޓީގެ ރައީސް އަދި ގައުމުގެ ރައީށުލްޖުމްހޫރިއްޔާއެވެ. އަދި ޕާޓީގެ ޗެއާޕާސަން އަދުރޭއެވެ. އޮޔާ ވަޔާއެކު މިހިސާބަށް އަންނަ ހަބަރުތަކުގައި ވާގޮތުން ޓިކެޓު ކަށަވަރުވަނީ އަދުރޭ ހިއްހަޔަމަ ޖެހޭ ވަރަށް ނޫޓު އެޅުމުން ކަމަށްވެސް ތުހުމަތުތައް ކުރެވިފައި އެބަ ހުއްޓެވެ. ހަގީގަތް ބޮޑަށް އެނގޭނީ ހަމަ އެޕާޓީގައި މިހާރު ގަނަތެޅެމުންދާ މެންބަރުންނަށެވެ.

ބުނަނީ ކޯލިޝަނެކެވެ. ނަމަވެސް އިންތިހާބެއް ވެއްޖެއްޔާ ޓިކެޓު ލިބެނީ ޕީއެންސީން އެކަންޏެވެ. ޕީޕީއެމް ވުޖޫދުގައި ވެސް ނެތް ކަހަލައެވެ. މީގެ ކުރިން ޕީޕީއެމްގެ އަޑު ނީވޭ އިރެއް ނުދާނެއެވެ. ނަމަވެސް މިހާރު ނެތް ޕާޓީއެކޭ އެއްފަދައެވެ.

ދެން އޮތީ އިންތިހާބުގެ ޓިކެޓު ދޫކުރުމެވެ. އެކަން ނިމިއްޖެއެވެ. ޕީޕީއެމްގެ އެންމެ ކެންޑިޑޭޓެއްވެސް ނެތީއެވެ. ޓިކެޓު ދޫކުރުމުގައި ބައެއް މީހުން "ފޭވާރ" ކުރި ކަމުގެ ތުހުމަތުތައް ކުރެވެއެވެ. ތަނބަކަށް ލައިފައި ޓިކެޓް ދިން އިރު ހިތަށް އެރީ ސަހަރޯއެވެ. ރައީސްގެ ކޮއްކޯފުޅަށްވެސް ނިލަންދޫ ދާއިރާގެ ޓިކެޓް ދިނީ ހަމަ އެފަދައިންނެވެ. ޕާޓީއަށް މިއިން ދުވަހަކު ކޮށްދެއްވީ ކޮންކަމެއްބާއޭ ވެސް ހިތައް އަރަައެވެ. ދެން ކަންވެ ނިމިއްޖެއެވެ. މިއަދު މިކަމާ ބެހޭގޮތުން ވާހަކަ ނުދައްކާ އެކަކުވެސް ނެތެވެ. ވާހަކަ ދައްކަން މަޖްބޫރުވެސް ކުރީ ޙުދު ރައީސެވެ.

ދެން ފެނިގެން ދިޔައީ ނަމަކަށް ބޭއްވި ޕްރައިމަރީގައި ވާދަކޮށްގެން ނުހޮވި ތިިބި ކެންޑިޑޭޓުން އަމިއްލަ ފަރާތުން ކުރިމަތި ލާމަންޒަރެވެ. މިކަމުން ދޭހަވަނީ، އެ ކެންޑިޑޭޓުންވެސް ޕާޓީގެ ނިންމުން ގަބޫލުނުކުރާ ކަމެވެ. ހަގީގަތަކީ ކޮބައިކަމެއް ނޭނގެއެވެ. އަޅުގަނޑުމެންނަށް ގޮތް ނިންމޭނީ ފެންނަ މަންޒަރުތަކުންނެވެ.

މި ވާއެއް ނުވާއެއް އެނގެނީ އެއް ނޫނެވެ. މިވަނީ ކިހިނެއްތޯ މީ އުފައްދަން ޖެހޭ ސުވާލެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved