އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހެދި ދޮގުތައް ހަދާންކޮށްދީފިއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިމްރާން ދަނީ ފޯރިއާއެކު ކެމްޕެއިން ކުރައްވަމުންނެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ވިޑިއޯއަކުން ފެނިގެން ދިޔައީ އިމްރާން ކެމްޕެއިނަށް ނުކުމެ އުޅުއްވަނިކޮށް މީހަކު އަފްރާޝީމްގެ މަރާ ގުޅޭ ޑޮކިއުމަންޓް މަތިން ހަނދާންކޮށްދިނުމަށް ގަނޑެއް ހިފައިގެން އިމްރާންގެ ކައިރީގައި އޭނާ ހުންނަތަނެވެ.
އެ ވީޑިއޯގައި އެ މީހާ ބުނަމުން ދިޔައީ އިމްރާން ހެއްދެވީ ހުސް ދޮގު ކަމަށާއި އަސްލު މިއީ އިމްރާންމެން ސަރުކާރުގައި ކުރި ވަރަށް ހަޑިކަމެއް ކަމަށެވެ.
އަދި އެއްވެސް އެއްޗެއް ނުފެނުނު ކަމަށާއި އިމްރާން ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އިރު 'ތިޔައިން އެއްކަމެއްވެސް ނުއެއް ކުރެވުނު' ކަމަށް އެ މީހާ ވަނީ ބުނެފައެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި އިމްރާން ވިދާޅުވީ، ހުމާމް އިއުތިރާފު ނުވެ ޖަލުގައި ހުރެ އެމްޑީޕީގެ މީހުންނާ ގުޅުން ބޭއްވި ކަމަށާއި އެމްޑީޕީއަށް މިކަމުން ބޯދަމައިގަނެވޭނެ ހަމަ އެއް ގޮތެއް މިދުނިޔެއަކުން ނުފެންނާނެ ކަމަށެވެ.
އަދި އެ މައްސަލައިގެ ހުރިހާ ޒިންމާއެއް އެމްޑީޕީގެ އެންމެ މަތީ ފަރާތްތަކުން ނަގަން ޖެހޭކަމަށް އެންމެން އިއުތިރާފް ވާނެ ކަމަށް އިމްރާން އޭރު ވިދާޅުވިއެވެ.
އެހެން ނަމަވެސް އިންތިހާބަށްފަހު އެ މަރުގެ އިލްޒާމް އަޅުވާފައިވަނީ ރައީސް ޔާމީންގެ އިސްތަށިފުޅުގައެވެ.
Kureege home minister @ShimranAb campaign ah vadaigen ulhuhvanikoh afrashim ge documents mathin handhumakoh aruvaifi. Evaguthu ves rayyithu meehaa kurimatheega RY ge photo ekey kiyaa RY ah hajoo jehseveythoa masahkaii kurehvi.#ImranNoonGotheh pic.twitter.com/WXT0dEe00U
— Mohamed Azuwar (@Azuw_ar) February 11, 2024