May 4, 2026
Advertisement
މެލޭޝިޔާގައި ގެއްލުނު މީހާގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ފެނިއްޖެ --
މެލޭޝިޔާގައި ގެއްލުނު މީހާގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ފެނިއްޖެ -- / ފޭސްބުކް

މެލޭޝިއާއިން ގެއްލިގެން ހޯދާ މީހާގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ފެނިއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 5, 2025, 04:11 AM
މާލެ ސިޓީ

މެލޭޝިއާއިން ގެއްލިގެން ހޯދަމުންދާ އުސައިދު އިބްރާހިމް އަފީފްގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ފެނިފައި ވާކަމަށާއި އޭނާ ހުރީ ހެޔޮހާލުގައިކަން ޔަގީންކުރެވިފައި ވާކަމަށް އުސައިދުގެ ބައްޕަ މިއަދު ބުނެފި އެވެ.

Advertisement

މެލޭޝިއާގައި ދިރިއުޅޭ އުސައިދު މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަން އާންމުންގެ އެހީތެރިކަމަށް އާއިލާއިން ވަނީ އެދިފަ އެވެ.

އުސައިދުގެ ބައްޕަ، އިބްރާހީމް އަފީފް މިއަދު ފޭސްބުކްގައި ހިއްސާކުރި މެސެޖެއްގައި ވަނީ އޭނާގެ ދަރިފުޅު އަހްމަދު އުސައިދު މިދިޔަ އާދިއްތަ ދުވަހުގެ 15:15ގެ ފަހުން "ސަންވޭ ޖީއޯ"އިން ނުކުމެގެން ދިޔަގޮތަށް އެއްވެސް ޚަބަރެއްނުވެގެން އެރޭގެ 22:00ގައި އެކަން ޕޮލިހަށް އެންގި ކަމަށެވެ.

އިބްރާހިމް އަފީފް ވަނީ އުސައިދު ހޯދުމަށް ފުލުހުންނާއި އެމްބަސީން އަދި އާންމުންގެ ގިނަ ބަޔަކު ވެސް ވެދިން އެހީއަށް ޝުކުރުއަދާކޮށްފަ އެވެ.

ހެޔޮ ހާލުގައި އުސައިދު ހުރިކަން ކެމެރާތަކުން ފެނެ އެވެ. ހުރީ ރަތްކުލައިގެ ޓީޝާޓެއް ލައިގެންނެވެ.

އަފީފް

މެލޭޝިޔާގައި ދިވެއްސަކު ގެއްލިގެން އުޅޭކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދީފައި ވަނީ އިއްޔެގައެވެ. އެމީހާ ހޯދުމަށް ގިނަ ބަޔަކު ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އޭނާގެ ފޮޓޯ ހިއްސާކޮށް، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހެއް ނަމަ، އެމައުލޫމާތެއް ރާއްޖޭގެ ހައިކޮމިޝަނާ ހިއްސާކުރަން އެދިފައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved