April 12, 2026
Advertisement
ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް އެވޯޑާއި ދިރާގުން ހަވާލުވަނީ
ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް އެވޯޑާއި ދިރާގުން ހަވާލުވަނީ / ދިރާގު

އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް އެވޯޑު ދިރާގަށް

Hussain Nawaf
ހުސައިން ނަވާފް
Mar 5, 2025, 06:57 PM

އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް އެވޯޑު 2024 ވަނަ އަހަރު 3 ވަނަ ކުއާޓަރ އިން 4 ވަނަ ކުއާޓަރ އަށް ދިރާގަށް ލިބިއްޖެއެވެ.

Advertisement

މި އެވޯޑް ދީފައިވަނީ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2025 ގައެވެ. މިއީ، މޯބައިލް ޓެކްނޮލޮޖީގެ އެންމެ ޒަމާނީ ކުރިއެރުންތައް ދައްކުވައިދޭ އެންމެ ވަރުގަދަ އެއް ގްލޯބަލް ޕްލެޓްފޯމެވެ.

ދިރާގުގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގެންފައިވަނީ، އެ ކުންފުނީގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާޢީލް ރަޝީދު އަދި އެ ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރ، މުޙައްމަދު މުސްޢަދުއެވެ.

އޫކްލާ އަކީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ނެޓްވޯކް ޓެސްޓިންގ އެޕްލިކޭޝަންތަކާއި ޑޭޓާ އަދި އެނަލިސިސްގެ ދާއިރާގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ކުރީގައި ހަރަކާތްތެރިވާ ފަރާތެކެވެ. އޫކްލާގެ ފްލެގްޝިޕް ނެޓްވޯކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓް އިން ކޮންމެ ދުވަހަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ނެޓްވޯކްތަކުގެ ޕާފޯމަންސާއި ކޮލިޓީއާ ބެހޭ އެތައް ސަތޭކަ މިލިއަން މައުލޫމާތެއް އެއްކުރެއެވެ.

ދިރާގުން ވަނީ އޫކްލާއިން ދޭ ’މޯލްޑިވްސް ފާސްޓަސްޓް ނެޓްވޯކް‘ އެވޯޑް، ވިދިވިދިގެން 3 އަހަރު ހޯދައި ރާއްޖޭގެ އެންމެ ހަލުއި ނެޓްވޯކްގެ ގޮތުގައި ވެގެން ގޮސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved