އައްޑޫ ރައްޔިތުން އިހުތިޖާޖުކުރަނީ / ސޯޝަލް މީޑިއާ
ހަބަރު
ކަރަންޓު މައްސަލައިގައި އައްޑޫ ރައްޔިތުން އިހުތިޖާޖުކޮށްފި
07 މާރިޗު 2025
މާލެ ސިޓީ

ރައްޔިތުންނަށް ލިބިދޭން ޖެހޭ އަސާސީ ހައްގެއް ކަމަށްވާ ކަރަންޓު ހަމައަށް ނުލިބި އައްޑޫ ރައްޔިތުންނަށް އެތައް ދުވަހަކު ތަކުލީފު އުފުލަން ޖެހިފައިވާތީ އެކަމާ ދެކޮޅަށް ރައްޔިތުން ނިކުމެ އިހުތޖާޖުކޮށްފިއެވެ.

އައްޑޫއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުނުވާތީ އެކަމާ ދެކޮޅަށް ސިޓިގެ ރައްޔިތުން ނުކުމެ އިހުތިޖާޖުކޮށްފައިވަނީ އެ ސިޓީގެ ރައްޔިތުން ފެނަކަ އޮފީސް ދޮށުގައެވެ.

މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުގައި ސުލްހަވެރިކަމާއެކު މަޑުކޮށްލައިގެން ތިބީ އެކިއެކި ކަންބޮޑުވުންތަކާއި ޝުއޫރުތައް ލިޔެފައި ހުރި ކަރުދާސްތައް ހިފައިގެންނެވެ.

ބައެއް ކަރުދާސްތަކުގައި ފެނަކައިގެ މެނޭޖުމެންޓުން ދޮގު ހަދާ ކަމަށް ލިތުހުމަތުކޮށްފައިވާއިރު، އަނެއްބައި ބޯޑުތަކުގައި ހުރީ ގޭގޭގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނު ހަލާކުވުން ފަދަ ކަންކަން ދިމާވާތީ އެ ކަމާ ގުޅުންހުރި ޝުއޫރުތައް ލިޔެފައެވެ.

އައްޑޫ ރައްޔިތުން ނިކުމެ އިހުތޖާޖުކޮށްފައި މިވަނީ، އައްޑޫ ކަރަންޓުގެ މައްސަލަ މި ރޯދަ މަސް ފެށުމުގެ ކުރިން ހައްލު ކުރާނެ ކަމަށް މި ސަރުކާރުން ހާމަކޮށްފައިވީ ނަމަވެސް ރޯދަ މަސް އައިފަހުން ވެސް އެކަމަށް ހައްލެއް ނުލިބި، ރޯދަ ވީއްލާ ގަޑިތަކުގައިވެސް އަދި ހާރުދަމުގައިވެސް ކަަރންޓަ ނުލާ އުޅެން ޖެހި އެތައް ތަކުލީފެއް އުފުލަން ޖެހިފައިވާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އައްޑޫގެ ގުޅިފައިވާ ރަށްތަކުްނ ކަރަންޓު ކެނޑޭ މައްސަލައިގެ ޝަކުވާ އަންނަނީ ކުރަމުންނެވެ. ނަމަވެސް މިސަރުކާރުން އެކަން ޖާމިނު ކުރަނީ ކުރީ ސަރުކާރާއެވެ. އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެންބަރުން ވެސް ދަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ފެނަކައިގެ އިހުމާލު އޮތްކަމުގެ ތުހުމަތު ކުރައްވަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved