އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ނަގާފައިވާ ފޮޓޯއެއް / އީޕީއޭ
ހަބަރު
ދިވެހި ކަނޑުގެ ސިއްރުތަައް ދިރާސާކޮށް ޖާސޫސް ކުރުމަށް މަގު ފަހި ކޮށްދިނުމަށް ޗައިނާ އިން ޑިވައިސްތަކެއް ހަރު ކުރާކަމުގެ އަޑުތަކެއް!
Hussain Nawaf
ހުސައިން ނަވާފް
08 މާރިޗު 2025
މާލެ ސިޓީ

ދިވެހި ކަނޑުގެ ސިއްރުތަައް ބަލައި ދިރާސާކޮށް ކަނޑުގައި ޖާސޫސް ކުރުމަށް މަގު ފަހު ކޮށްދިނުމަށް މަސްވެރިންގެ ފަސޭހަ އަށް ކަނޑުގައި އަޅާފައި ހުރި ކަނދުފަތި ތަކުގައި ޗައިނާ އިން ޑިވައިސްތަކެއް ހަރު ކުރުމަށް ރައީސް ޑރ މުހަައްމަދު މުއިއްޒުގެ ސަރުކާރާ އެކު މަޝްވަރާތަކެއް ކުރަމުންދާކަމުގެެ އަޑުތަކެއް ފެތުރިއްޖެއެެވެ.

މި މަޝްވަަރާ ބައްދަލުވުމުގެ ބައިވެރިވެ ވަޑައިގެންފައިވަނީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ދައުލަތުން ހާމަ ނުކުރެއެވެ. މީގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީ އާއި މީޓިއޮރޮލޮޖީގެ އޮފިޝަލުންނާ ވެސް ބައްދަލު ކުރިކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އިންޑިއާ އިން ހައިޑްރޯގްރަފީ ސާވޭ ހަދާތީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރެއްވި ބޭފުޅުން ވެރިކަމަށް ވަޑައިގެން ދަ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީ އާއި އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއާ ދެމެދުވަނީ 19 ފެބްރުއަރީގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްވަސްވުމުގެ ދަށުން ދިވެހި ކަނޑުގެ ސިއްރުތަައް ބަލައި ދިރާސާކޮށް ކަނޑުގައި ޖާސޫސް ކުރުމަށް ޗައިނާއަށް މަގުފަހިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ކަނޑުގައި ޗައިނާއިން ހަރުކުރަނީ ޑިވައިސްތަކެއް ކަމާއި އޭގެ ބަދަލުގައި ރަސްމީކޮށް ދިވެހި ސަރުކާރަށް މި ކޮށްދޭ ކަމަކީ ހަމައެކަނި ތަމްރީނުތަކެއް ކުރިއަށްގެންދިއުންކަމަށް އަދަދު ނޫހުން ރިޕޯޓުކޮށްފައި ވެއެވެ.

އެގޮތުން ވައި، އޮއި، އަޑު، ސެލިނިޓީ އަދި ފިނިހޫނުމިން ބެލުމުގެ ފުރުސަތު ޗައިނާއަށް ފަހިވާނެ އެވެ.

ނަމަވެސް އެންމެ ކަންބޮޑުވާ މައްސަލައަކީ ސޯނާ ނުވަތަ އަޑު ރިކޯޑުކޮށް މޮނީޓާ ކުރުމުގެ ފުރުސަތު ލިބުމެވެ.

އެ މަސައްކަތް ކުރަން ޗައިނާއިން ހަރު ކުރާ ޑިވައިސްތަކުން ސަބްމެރިން އަދި މަނަވަރު ހިމެނޭ ގޮތަށް ކަނޑުގައި އުޅަނދެއް ދުއްވިޔަސް އެނގޭނެހެން އަދި ވަކި އުސްމިނަކުން މަތިންދާބޯޓު ދަތުރުކުރާ ނަމަ އެކަން ވެސް ދެނެގަނެވޭނެ އެވެ.

ރާއްޖޭގެ ކަނޑުގެ ސިއްރުތައް ދިރާސާ ކުރެވޭނެ އަދި އެހެން ގައުމުތަކަށް ޖާސޫސް ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރިއިރު، ރާއްޖޭގެ ކަނޑުއަޑީގެ ބަތާނަ އެހެން ގައުމަކަށް ލިބުމަކީ މައްސަލައެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އަދި އިންޑިއާއިން ހައިޑްރޮގްރަފީ ސާވޭ ކުރިއަށް ގެންދާތީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އިތުރު ނުކުރާކަންވެސް ފާހަގަކޮށްލެ ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved