March 16, 2026
Advertisement
ހޫނު ހަބަރު
ހޫނު ހަބަރު / ތޭރަ އޮންލައިން

ބަޔާން ކެންސަލް ކުރިނަމަވެސް އޮޕަރޭޝަން ކުރިއަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Mar 11, 2025, 06:04 AM
މާލެ ސިޓީ

ގައުމީ ސަލާމަތުގެ އޮޕަރޭޝަނާ ބެހޭ ބަޔާން ކެންސަލްކުރި ނަމަވެސް އޮޕަރޭޝަން ކުރިއަށް ގެންދާކަން ހާމަވެއްޖެއެވެ.

Advertisement

މައުލޫމާތު ލިބިފައިާ ގޮތުގައި މި އޮޕަރޭޝަންގައި މިހާރު ސިފައިންނާއި ފުލުހުން ދަނީ ބައެއް ގެތަކަށް ވަންނަމުންނެވެ.

އެގޮތުން މާލޭގެ ދެ ގެއަކާ ހުޅުމާލޭގެ ވިނަރެސް ފްލެޓެއްގެ އިތުރުން އޮފީހަކާ އަދި ބައެއް ދުއްވާ ތަކެތި ވެސް ދަނީ ބަލާ ފާސް ކުރަމުންނެވެ. އެގޮތުން ދުއްވަމުން ދިޔަ ލޮރީއެއް ހުއްޓުވާ އެ ލޮރީ ދުއްވަން އިން މީހާ ވަނީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފުލުހުންގެ އިންޓަލިޖެންސްއަށް ލިބިފައި ވަނީ މާލޭގައި ވަރުގަދަ ނިރުބަވެރި ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތެވެ.

ފުލުހުން ކުރިން އާއްމު ކުރި ބަޔާނެއްގައި ވިދާޅުވީ، ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމަތާކާއި ގުޅިގެން މިރޭ ދިވެހި ފުލުހުންގެ ހިދުމަތާއި ރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމާތައި ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށްގެންދާނެ ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ ފަހުން ބަޔާން ޑިލީޓުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved