ހޫނު ހަބަރު / ތޭރަ އޮންލައިން
ހަބަރު
އޮޕަރޭޝަނެއް އެބަ ހިންގަން, ތިން މީހަކު ހައްޔަރުކޮށްފިން: ފުލުހުން
11 މާރިޗު 2025
މާލެ ސިޓީ

ގައުމީ ސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށާ އެ އޮޕަރޭޝަންގެ ތެރެއިން ތިން މީހަކު ހައްޔަރު ކޮަށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ އިދާރާ އިން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި ގައުމީ ސަލާމަތާ ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށް އެ މީހުންނާއި ގުޅުންހުރި ތަންތަން ބަލާ ފާސްކުރަމުންދާ ކަމަށެވެ.

އޮޕަރޭޝަން ކުރިއަށް ދާ ވަރަކުން އިތުރު މައުލޫމާތު ހާމަ ކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މިރޭ ހައްޔަރު ކުރި އެއްވެސް މީހެއްގެ މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވެެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި ތިން މީހުންނަކީ ވެސް އެއް މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި މީހުންނެވެ. އޭގެ ތެރެއިން އެކަކީ ހުވަދު އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެއް ކަމަށާ އޭނާ ޖުމްހޫރީ މައިދާން ސަރަހައްދުން ހަެްޔަރުކޮށްފައިވަނީ ލޮރީއެއް ދުއްވާފައި ދަނިކޮށްކަމަށް މައުކޫމާތު ލިބިފައިވެއެވެ. އަދި އޭނާ ދިރިއުޅޭ ގެ އޭގެ ފަހުން ބަލާ ފާސްކޮށްފައިވެއެވެ.

ފުލުހުން ގެންދަނީ ހުޅުމާލޭގައިވެސް މި އޮޕްރޭޝަން ހިންގަމުންނެވެ.

ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފުލުހުންގެ އިންޓަލިޖެންސްއަށް ލިބިފައި ވަނީ މާލޭގައި ވަރުގަދަ ނިރުބަވެރި ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved