March 14, 2026
Advertisement
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން / -

މަޖިލީހުގެ ތަޅުމުގައި މިހާރު އިދިކޮޅަށް ފުރުސަތެއް ނެތް, މިއީ ޑިމޮކްރަސީއެއް ނޫން: އެމްޑީޕީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 13, 2025, 05:23 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިހާރު އިދިކޮޅުގެ މެންބަރުންނަށް ބަސް ބުނާނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް އެމްޑީޕީން ބުނެފި އެވެ.

Advertisement

މަޖިލިހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އިއްޔެ ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން މިހާރު އަމަލުކުރައްވަމުން ގެންދަވަނީ މީގެކުރިން އަމަލުކުރެއްވި ގޮތާ ތަފާތުކޮށް، އުސޫލުތަކާ ހިލާފަށް ކަމަށާއި މިއީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.

ނާޒިލް ވިދާޅުވީ، ކުއްލި މައްސަލައިގައި މަޖިލީހުގެ ރިޔާސަތުން މިހާރު އަމަލުކުރަމުންދާ ގޮތް އެއްވެސް ވަރަކަށް ސާފު ނޫން ކަމަށެވެ. އެހެންކަމުން މިހާރު ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅަންވީ ކިހިނެއް ކޮން ގޮތަކަށް ކަމެއް ވެސް މެންބަރުންނަށް އެނގިނުލައްވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ރިޔާސަތުން ކުއްލި މައްސަލަތައް ބަލައިނުގަނެ ބޭރުކުރަނީ އުސޫލާ ޚިލާފަށް ކަމަށެވެ. އަދި މައްސަލައެއްގައި އެމްޑީޕީގެ މެންބަރުން ދައްކަވާ ވާހަކަތަކަށް ވެސް ރިޔާސަތުން ހުރަސްއަޅުއްވާ ކަމަށް ވިދާޅުވި އެވެ.

ރަމަޟާން މަހުގެ މެންދުރުފަހު ވެސް ޕްރެސްތައް ބާއްވަން މި ޖެހެނީ މަޖިލީހުގެ ފްލޯގައި ތަފްސީލުކޮށް ވާހަކަދެއްކުމުގެ ފުރުސަތު އަޅުގަނޑުމެނަށް ލިބިގެން ނުދާތީ.،

ނާޒިލް

މި ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ މިހާރުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާ، ޑިމޮކްރަސީގެ އަސާސްތަކަށް އިހުތިރާމްކުރުމަށް ގޮވާލައްވާފައެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިދިކޮޅު މެމްބަރުންނަށް ވެސް ހަމަހަމަ ފުރުސަތު ދިނުމަށް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީން އެކިއެކި މައްސަލަތަކުގައި ގިނަ ކުއްލި މައްސަލަތަކެއް 20ވަނަ މަޖިލީހުގައި ހުށަހަޅާފައިވެއެވެ. މަދު މައްސަލައެއް މިހާތަނަށް ބަލައިގެންފައިވީ ނަމަވެސް ގިނަ މައްސަލަތައް ވަނީ ޕީއެންސީގެ ސުޕަ މެޖޯރިޓީން ބަލައިނުގަނެ ބޭރުކޮށްލައިފަ އެވެ.

އަދި ބައެއް ހާލަތްތަކުގައި ކުއްލި މައްސަލައެއްގައި ހުންނަންޖެހޭ ޝަރުތުތައް ހަމަނުވާ ކަމަށް ބުނެ، ރިޔާސަތުން ވެސް އެ މައްސަލަތައް ބޭރުކޮށްފައިވެ އެވެ.

ޖުމްލަ 93 މެންބަރުން ތިއްބަވާ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީ އަށް އޮތް އިރު، އެމްޑީީގެ މެންބަރުންގެ އަދަދަކީ އެންމެ 12 އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved