April 18, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

ސިޔާސީ ދާއިރާގައި އުޅޭ ފަރާތްތަކަށް އަމާޒުކޮށް ރައްޔިތުން ބަސްބުނާނެ: މަލީހު

Hussain Nawaf
ހުސައިން ނަވާފް
Mar 15, 2025, 08:57 PM

ސިޔާސީ ދާއިރާގައި އުޅޭ ފަރާތްތަކަށް އަމާޒުކޮށް ރައްޔިތުން ބަސްބުނާނެކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރި ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

އެގޮތުން ސިޔާސީ މީހުންނަށް ރައްޔިތުން ފާޑު ކިޔައި، ހަޖޫ ޖަހައި މަލާމާތްވެސް ކުރާނެކަމަށް މަލީހުގެ ޕޯސްޓުގައި ފާހަގަ ކުރައްވާފަވެއެވެ.

އެގޮތުން ސިޔާސީ މީހުންގެ އާއިލާތަކާއި ގުޅޭ ގޮތުންވެސް ރައްޔިތުން ވާހަކަ ދައްކާނެކަމާއި އެވާހަކަތަކަކީ ތެދު ވާހަކަތަކަށްވެސް އަދި ދޮގު ވާހަކަތަކަށްވެސް ވެދާނެކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އެފަދަ ކަންކަމާއި ކުރިމަތިލުމުގެ ހިތްވަރު ނެތް ބޭފުޅުން ސިޔާސީ މައިދާނަށް ނުނިކުތުމަށްވެސް މަލީހުވަނީ ގޮވާލައްވާފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އަދި އަދަދު ނޫހުގެ ޗީފް އެޑިޓަރ ހުސެއިން ފިޔާޒް މޫސާ އަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޒާރު ދެއްވިކަމަށް ބުނާ އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން ރައީސްގެ ދަރިކަލުންނާއި ގުޅުވައި ދެއްކި ވާހަކަތަކަކާއި ގުޅިގެން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމްގެ މަންމާފުޅު މަރިޔަމް ޒުބައިރު އާ ދެކޮޅަށް ކޯޓަން ދާން ރައީސްގެ އާއިލާއިން ނިންމާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved