March 23, 2026
Advertisement
މުހައްމަދު ޝަރަފުއްދީން
މުހައްމަދު ޝަރަފުއްދީން / ތޭރަ އޮންލައިން

ރައީސް ޔާމީން ފަދަ ސިޔާސީ ލީޑަރަކު މި ދިވެހި ރާއްޖެއަކު ނެތް: ޝަރަފު

Fathmath Reem
ފާތުމަތު ރީމް
Feb 14, 2024, 05:31 AM
މާލެ ސިޓީ

މި ދިވެހި ރާއްޖޭގައި ރައީސް ޔާމީން ފަދަ ދެވަނަ ސިޔާސީ ލީޑަރެއް ނެތް ކަމަށް ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފް ގެ ފަރާތުން ރައްޔިތުން މަޖިލިސް އިންތިހާބުގައި ފުވައްމުަލު އުތުރު ދާއިރާއަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ މުހައްމަދު ޝަރަފުއްދީން ވިދާޅުވެއްޖެއެވެ.

Advertisement

ޝަރަފު މިފަދައިން ވިދާލުވެފައިވަޏީ ރައީސް ޕިއެންއެފްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭތުން ތައާރަފް ކުރުމަށް ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރަފު ވިދާޅުވީ މި ދިވެހި ރާއްޖެއަކުން ރައީސް ޔާމީން ފަދަ ސިޔާސީ ލީޑަރެއް ނުފެންނަ ކަމަށާއި ސިޔާސީ ގޮތުން ރައީސް ޔާމީން ގައުމަށް ގެނަސްދެއްވި ތަރައްގީއާ ކުރިއެރުން މިއަދުވެސް ފެންނަށް އެބަހުރި ކަމަށެވެ.

އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި މި ދިވެހި ރާއްޖެއަކުން އަޅުގަނޑަކަށް ނުފެނޭ ސިޔާސީ އެވަރުގެ ލީޑަރެއް. ސިޔާސީ ގޮތުން ރައީސް ޔާމީން ދިވެހި ގައުމަށް ގެނަސްދެއްވި ތަރައްގީއާ ކުރިއެރުމާ ދިވެހި ރައްޔިތުންނަށް އޭގެ ސަބަބުން ލިބެމުންދާ މަންފާތައް މިއަދުވެސް މި ދަނީ ހަމަ ލިބެމުން

މުހައްމަދު ޝަރަފުއްދީން

މީގެ އިތުރުން ޝަރަފު ވިދާޅުވީ ރައީސް ޔާމީންގެ ފަހަތުގައި ހުންނަން ޖެހޭ ވަރަށް ގިނަ ސަބަބު އެބަހުރި ކަމަށެވެ.

ޝަރަފު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހުންނާނީ ރައީސް ޔާމީންގެ ފަހަތުގައި ކަމަށާއި އެކަން އެއްވެސް ބޭފުޅަކަށް ނުހުއްޓުވޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved