ފަޒީން / ފޭސްބުކް
ހަބަރު
ބްރޮޑްކޮމްއިން ފަޒީން މިއަދު އިސްތިއުފާ ދެއްވައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
17 މާރިޗު 2025
މާލެ ސިޓީ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަނުން އިސްތިއުފާދެއްވައިފި އެވެ.

އޭނަ މިއަދު އިސްތިއުފާ ދެއްވީ ބްރޯކޮމްގެ އަންހެން މުވައްޒަފަކަށް ފަޒީން ޖީންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވި އޭނަމަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަމުން ދަނިކޮށް، އެ ތުހުމަތުތަކަށް އިންކާރުކުރުމަށް ފަހު އެވެ.

ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ފަޒީންގެ އިސްތިއުފާގެ ސިޓީ ވެސް މިއަދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅައިފަ އެވެ. ސިޓީގައި އޭނަ ވިދާޅުވީ ބްރޯޑްކޮމްގެ މެންބަރެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މިނިވަންކަމާއެކު، ވަކި ފަރާތަކަށް ނުޖެހި އަދާކުރުމަކީ މިހިނދަށް ވެވެން ނެތް ކަމެއްކަމުގައި ދެކޭތީ އެ މަގާމުން އޭނާ އިސްތިއުފާ ދީފައިވާ ކަމަށެވެ.

ނަމަވެސް ނޫސްވެރިކަމަށް އަންނަ ހަމަލާތައް ދިފާއުކުރުމާއި، މިނިވަން ދިމިގްރާތީ މުޖުތަމައުއެއް ދެމެހެއްޓުމަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަމަށް ކެނޑިނޭޅި މަސައްކަތް ކުރާ މީހެއްގެ ގޮތުގައި ދެމިހުންނާނެ ކަމަށް ބުނެފައިވެ އެވެ.

ބްރޯޑްކޮމްގެ މެންބަރަކަށް ފަޒީން އައްޔަންކޮށްފައިވަނީ 7 މާޗު 2021ގަ އެވެ. އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ 19 ޖެނުއަރީ 2023ގަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved