theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އޮބި އަޅާ ބާއްވާފައި ކޮމިޓީއިން ކޮންޓްރޯލު ބިލު ފާސްކޮށްފި / ސޯޝަލް މީޑިއާ
ހަބަރު
އޮބި އަޅާ ބާއްވާފައި ކޮމިޓީއިން ކޮންޓްރޯލު ބިލު ފާސްކޮށްފި
15 ސެޕްޓެމްބަރު 2025
މާލެ ސިޓީ

އޮބި އަޅާ ބާއްވާފައި ކޮމިޓީއިން ކޮންޓްރޯލު ބިލު ފާސްކޮށްފިއެވެ.

ކޮމިޓިގެ ބައްދަލުވުން ނޫސްވެރިންގެ ޕްރެޝަރާ ހުރެ މެދު ކަނޑަލުމަށްފަހު ލައިވް ބްރޮޑްކާސްޓު މެދުކަނޑާލުމަށް ފަހު ކޮމިޓީއިން އަލުން އަޑު އެކަނި ސްޓްރީމްކޮށް ވަނީބިލު ފާސްކޮށްފައެވެ. ބިލު ފާސްކުރީ ނަމަވެސް ނޫސްވެރިންގެ ފަރާތުން މަޖިލީހަށް ފޮނުވި ޕެޓިޝަނަށް އެއްވެސް ވަރަކަށް ރިއާޔަތް ކުރުމެއް ނެތިކަން ފާހަގަކޮށްލެވެއެވ އަދި ެއީ އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.

ބިލު ކޮމިޓީއިން ފާސްވީ މެމްބަރުންގެ އިއްތިފާގުންނެވެ. އެ ކޮމިޓީގެ މެޖޯރިޓީއަކީ އަޑީގައި އޮވެ މި ބިލު މަޖިލީހަށް ބަލައިގަތް ޕީއެންސީގެ މެމްބަރުންނެވެ. ބިލު ފާސްކުރީ ކޮމިޓީ ބާއްވާ ކޮޓަރީގައި 20 މިނެޓަށް ވުރެ ގިނަ އިރު ހޭދަކުރުމަށް ފަހު ކޮމިޓީން ނުފަށައިގެން އެ ކޮމިޓީގައި އިންނަވާ އެމްޑީޕީގެ ހަމައެކަނި މެމްބަރު މީކާއިލް އަހުމަދު ނަސީމު ތިރިއަށް ފޭބި ވަގުތުއެވެ.

އޭރު ވެސް ނޫސްވެރިން ތިބީ މަޖިލީހުގައި ސެކިއުރިޓީ ކްލިއަރެންސް ފުރިހަމަކޮށްގެން ކޮމިޓީއަށް ވަނުމަށް ވެއިޓިން އޭރިއާގައެވެ. ކޮމިޓީ އަލުން ބޭއްވީ ޕެޓިޝަނުގެ ވާހަކަ ދެއްކުމަށް ކަމަށް ބުނެ ނަމަވެސް ނޫސްވެރިންނަށް އޮޅުވާލާ އޮބި އަޅުވާ ބައިތިއްބާފައި ބިލު މަޖިލީހުން ފާސްކުރީ ވަގުން ވައްކަން ކުރާ އުސޫލުންނެވެ.

ޕެޓިޝަނުގައި ހުރި އެއްވެސް ކަމަކަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ސަބަބުން ހައްލެއް ނުލިބެ އެވެ. އިތުރަށް ބިލު ވަނީ ހަރުކަށި ކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved