theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ނޫސްވެރިންނާ އާންމުންގެ ޕްރެޝަރާ ބޮޑުވެ ކޮމިޓީ މެދު ކަނޑާލައިފި / ސޯޝަލް މީޑިއާ
ހަބަރު
ނޫސްވެރިންގެ ޕްރެޝަރާއެކު ކޮމިޓީ މެދު ކަނޑާލައިފި
Mariyam Isaadha
މަރިޔަމް އިސާދާ
15 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ނޫސްވެރިންގެ ފަރާތުން ހުށަހެޅި ޕެޓިޝަންގެ މަސައްކަތް ކުރިއަސް ވެސް ނުގެންގޮސް ބިކު ދިރާސާކުުރމުގެ މަސައްކަތް ކުރިއަށް ގެންދާތީ ނޫސްވެރިންގެ ޕްރެޝަރ ބޮޑު މނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން މެދު ކަނޑާލައިފިއެވެ.

ކޮމިޓީއިން ވަނީ ކޮންޓްރޯލު ބިލުގެ މަސައްކަތް ނިމެންދެން މިއަދު ބައްދަލުވުން ކުރިއަށް ގެންދަން ޕީއެންސީގެ މެޖޯރިޓީ އޮންނާތީ ފާސްކޮށްފައެވެ. ނަމަވެސް އެއާއެކު ކޮމިޓީގައި އިންނަވާ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމު ވަނީ ނޫސްވެރިންގެ ފަރާތުން މަޖިލީހަށް ބިލާ ގުޅިގެން ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށް ޕެޓިޝަނަށް ރިއާޔަތް ނުކޮށް ކުރިއަށް ނުގެންދެވޭނެ ކަން ފާހަގަކޮށް އަޑު އުފުލާފައެވެ.

ނަމަވެސް މީކާއިލްގެ ވާހަކަތަކަށް ބެލުމެއް ނެތި ޕީއެންސީގެ ޓިކެޓުގައި މާފުށި ދާއިރާގެ ގޮނޑި ފުރަމުން ގެންދާ ހުސެއިން ރިޒާ ވަނީ ކޮމިޓީ ކުރިއަށް ގެންދަން އިއުލާންކޮށްފައެވެ. އެއާއެކު ކޮމިޓީ އަޑު އަހަން ވަދެ ތިބި އާންމުންނާ ނޫސްވެރިން ވަނީ ކޮމޓީގައި އިހުތިޖާޖު ކުރަން ފަށާފައެވެ.

އަޑު ގަދަވެ ރިޒާވެ ވަނީ ބައްދަލުވުން މެދުކަނޑާލިކަން އިއުލާންކޮށް ކޮމިޓި ރޫމު ދޫކޮށް ވަޑައިގެންފައެވެ.

ނަމަވެސް ނޫސްވެރިން ވަނީ އެމިޙުންގެ އިހުތިޖާޖު ހހުއްޓާލުމެއް ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved