

ދައުލަތުގެ ދަރަނި މަތިވެގެން ގޮސް ގައުމުގައި އިކިއުޑިޓީވެސް ނެތި ގައުމު ހަފުސްވަމުންދާތީ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވާ ސަރުކާރުގެ އަމަލުތަކަށް ފާޑުވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމުގައި ފައިސާ ޗާޕުކުރުމާ ހަރު މުދާ ވިއްކުން ސަރުކާރުތަކުން އާންމުކުރަމުންދާއިރު އެކަމުގެ ޒިންމާ ނަގާނެ ވެރިއެއް ނުހުންނަ ކަމަށެވެ. މިސަރުކާރުގެ އެކަނި 130 ހާސް މިލިއަނަށް އަރައިގެން ގޮސްފައިވާއިރު އެސްއޯއީތަކުގެ ދަރަނިވެސް ދަނީ ދުވަހުން ދުވަހަށް މައްޗަށް ކަން ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ޓުއަރިޒަމް އިންޑަސްޓްރީ ވެސް ހުއްޓިފައިކަމަށާ ސަރުކާރުގެ ޕީއެސްއައިޕީ އޮތީ ވެސް ހުއްޓިފައިކަމަށެވެ. އެހެންކަމުން މިއަދު ގައުމުގައި ލިކިއުޑީޓި ނެތް ކަމަަ ގައުމުގެ އިގްތިސޯދު އޮތީ ބޭރަށް ހިންގުން ޖެހިފައި ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.
އިގްތިސޯދު މިއޮތީ ބޭރަށް ހިންގުން ޖެހިފައި. ޑައިރިއާ ރަގަޅު ނުކުރެވޭ. ދެން ގޮތް ހުސްވީމަ ލޯ މަރާލާފައި ފައިސާ ޗާޕުކުރަނީ. ރާއްޖޭގެ އިންފްލޭޝަން ހުރީ 8 ޕަސަންޓަށް ވުރެ މަތީގައި. ދެން އިންވެސްޓްމަންޓު ދައިޑުން ޕީއެސްއައިޕީ ނެތް. ޕްރައިވެޓު ސެކްޓަރ ހުއްޓިފައި. ދެން ކޮން ގްރޯތެއްތޯ މިތާ އޮތީ؟ ލިކިއުޑީޓި މިއޮތީ ދިޔަދޮވި ވަކި ކޮޅަކަށް ފަހިކޮށްފައި އޮތީ. މާލީ ވަޒީރުވެސް ނޫޅޭ ތެދު މައުލޫމާތެއް ދޭކަށް. ދިވެހިރާޢްޖެ އިގްތިސޯދު ކުރިއަށް ގެންދާނެ މޝިނަރީގެ ދުވެއްޔެއް ނެތް. އެއްވެސް ދާއިރާއެއްގެ އިންވެސްޓްމެންޓެއް ނުފެނޭ. ބަހޭހަށް މިއޮށް ދަނީ ދަރަނި އަރައިގެން. ބޭރުން އެއްވެސް ފައިސާއެއް ނުގެނެވޭ. މި އުޅެނީ މެނޭޖުކުރަން ނޭނގިގެން. މިފަހަރު ޗާޕުކުރީ. މި ލާރި ކޮޅު ހުސްވާނެ ދެމަހެއްގައި މުސާރަ ދެވޭއިރު. ދެން ކިހިނެއް ހަދާނީ. ދިމްޔާތު ވިއްކާނީ؟ ނޫނީ ދިވެހި ދިދަ ވިއްކާނީ؟ ރާއްޖެއަކުން ނުފެނޭ އިކޮނޮމިކު އެއްވެސް އިންޑިކޭޓަރ އެއ ްނުފެނޭ ހިތްހަމަޖެހޭ ކަހަލަ. ހުރިހާ ކަމެއް ހުރީ ޓާޝަރީ ފެންވަރުގައި ރެޑް ލައިޓުގައި.
ރައީސް ޔާމީން ވިދާޅުވީ، ފައިސާ ޗާޕުކުރުމަކީ ރިހޭ ފައި މައްޗަށް ފަހު ފޮއި ވައްޓާލުން ކަމަށެވެ.