March 22, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް / ތޭރަ އޮންލައިން

ޒުވާނުންނަށް އެންމެ މުހިންމީ ވަޒީފާގެ ފުރުސަތު: ރައީސް ޔާމީން

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Feb 14, 2024, 05:18 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދެކޭ ގޮތުގައި މިހާރު ޒުވާނުންނަަށް އެންމެ މުހިންމީ ވަޒީފާގެ ފުރުސަތު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ޕާޓީ ޕީޕަލްސް ނެޝަަނަލް ފްރަންޓް (ޕީއެންއެފް) އިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކެންޑިޑޭޓުން ތައާރަފް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމިން ވިދާޅުވީ، އެމަނިކުފާނު ދެކިލައްވާ ގޮތުގައި މިހާރު ޒުވާނުންނަށް އެންމެ މުހިންމީ ވަޒީފާގެ ފުރުސަތުކަމަށެވެ.

އަޅުގަނޑަށް ފެންނަނީ، އަޅުގަނޑަށް ގަބޫލުކުރެވެނީ ދިވެހި ޒުވާނުންނަށް މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ހަމަ ވަޒީފާގެ ފުރުސަތޭ. އެހެންވީމައި ދިވެހި ޒުވާނުންނަށް މަޖިލިސް ތެރެއިް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކަށް ވާނީ އެ ފުރުސަތު ލިިބިއްޖެއްޔާ ގިނަ ޒުވާނުންނަށް އެ ފުރުސަތު ހޯދައިދިނުން

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް

މީީގެ އިތުރުން ރައީސް ޔާމީންވަނީ އެމަނިކުފާނުގެ ކެންޑިޑޭޓުންގެ ފަރާތުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ގޮވާލައިފައެވެ.

މީގެ ކުރިންވެސް ރައީސް ޔާމީން ވަނީ ޒުވާނުންގެ ހައްގުގައި އެތައް ފަހަރެއް މަތިން އަޑު އުފުލައިފައެވެ. އަދި ހާއްސަކޮށް ކުރިން އެމަނިކުފާނުގެ މެނިފެސްޓޯގައިވެސް ޒުވާނުންނަށް ހާއްސަ އިސްކަމެއް ދެއްވާގެން މަޝްރޫއުތަކެއް ކރިއަށް ގެންދިއުމަށް ހަމަ ޖައްސަވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved